ހދ. ކުޅުދުއްފުށި ސިޓީ
|
13 ޑިސެންބަރ 2021 | ހޯމަ 08:59
ފ.ފީއަލި
ފ.ފީއަލި
ފީއަލި ކައުންސިލް
ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު
ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއާއިއެކު ރައްޔިތުންނަށް އުފާވެރިކަން
 
ފީއަލިން އެންމެ ފަހުން ގޯތި ދުކުރީ 2002ވަނަ އަހަރު، އެއަހަރު 2000 އަކަފޫޓުގެ 30 ގޯތި ދޫކުރި
 
ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށް 66.85 މިލިއަން ރުފިޔާއަށް

ރާއްޖޭގެ ރަށްރަށުގެ އާބާދީ އިތުރުވެ ގިނަ ރަށްތަކަށް މިހާރު ކުރިމަތިވެފަވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. 13ހެކްޓަރުގެ މިރަށަކީ ބިންފުރިފައި ވާރަށެކެވެ. އެރަށުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައި، މިހާރު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އުއްމީދު ބޮޑު މި މަޝްރޫޢާއެކު ރައްޔިތުންތިބީ އުފަލުން ފޮޅިފައެވެ.

ރަށުގެ އާބާދީ 1224ގަ އުޅޭއިރު، 190އެއްހާ ގޭބިސީގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ. ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްގޮތަށް ފީއަލީގެ ތަރައްޤީއަށްވެސް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގެ ބިމުގެ ޖާގައެވެ.

ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން އެރަށުގެ ފަޅުން 13.8 ހެކްޓަރުގެ ސަރަޙައްދެއް ހިއްކަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 1606 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށް 66.85 މިލިއަން ރުފިޔާއަށެވެ.

ފ.ފީއަލި - ފީއަލި ކައުންސިލް

ފީއަލިން އެންމެ ފަހުން ގޯތި ދޫކުރީ 2002ވަނަ އަހަރުއެވެ. އެ އަހަރު ދޫކޮށްފައިވަނީ 2000 އަކަފޫޓުގެ 30 ގެވަޅެވެ. އަދިވެސް ރަށުގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 200 ވުރެގިނަ އާއިލާ ތިބިކަމަށް ކައުންސިލުން ވިދާޅުވިއެވެ. ފީއަލީގެ 90 އިންސައްތަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެގޮތުން އެރަށުގައި މިހާރުވެސް ބޮޑުކަންނެލީގެ މަސްވެރިކަންކުރާ 10 ދޯނި އޮންނައިރު، ފާނަ މަސްވެރިކަމަށާއި އެހެނިހެން މަސްވެރިކަން ކުރުމަށް 30 ވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.

އަލި ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި އެރަށުގެ ބިން ހިއްކާ ނިމުމުން އެސަރަހައްދު ބޭނުންކުރާނީ ރަށުގެ ލޭންޑް ޔޫޒް ޕްލޭންއާއި އެއްގޮތަށެވެ. އެގޮތުން އެތަނުން ގޯތި ދޫކުރުމަށްވެސް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައެޅިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެރަށަކީ މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާ ރަށެއްކަން ފާހަގަ ކުރައްވަމުން ކައުންސިލްގެ ނައިބު ރައީސް ޖަލީލް ވިދާޅުވީ ބިމަށް ޖާގަ އިތުރުވުން ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ލިބި އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
0%
89%
0%
0%
0%
11%
ކޮމެންޓް