Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
13 ޑިސެންބަރ 2021 | ހޯމަ 09:35
ރ.ރަސްމާދޫ ބަނދަރު
ރ.ރަސްމާދޫ ބަނދަރު
އެމްޓީސީސީ
ރަސްމާދޫ ބަނދަރުގެ މަސައްކަތް
ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ
މި މަޝްރޫއުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެއް
ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފަ

ރ އަތޮޅު ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ، ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 74 ޕަސެންޓް ނިމިފައިވާ ކަމަށާއި، އަދި އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

Advertisement

މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް