ކ. މާލެ
|
12 ޑިސެންބަރ 2021 | އާދީއްތަ 23:47
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ
ރައީސް އޮފީސް
އެޗްއާރުސީއެމަށް 18 އަހަރު ފުރުން
ރައްޔިތުންގެ މަންދޫބުން މިއަދު މަޖިލީހުގައި މަސައްކަތް ކުރަނީ ނުފޫޒެއް ބިރުދެއްކުމެއްނެތި: ރައީސް
 
ޚިޔާލު ފާޅުކުރުމަކީ ޙައްޤަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީވެސް، ކޮންމެ މީހެއްގެ ޒާތީ ޙައްޤެއް ކަމަށް ރައީސް ވިދާޅުވި
 
މީގެ އަހަރުތަކެއް ކުރިން، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި ކަމަށް ރައީސް ވިދާޅުވި
 
މީގެ ތިން އަހަރު ކުރިން ރައްޔިތުންގެ މަންދޫބުންނަށްވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއްދިޔަ ކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ މަންދޫބުން މިއަދު މަޖިލީހުގައި މަސައްކަތްކުރަމުންދަނީ އެއްވެސް ނުފޫޒެއް ބިރުދެއްކުމެއްނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެ ޤައުމެއްގެ ރައްޔިތުން ކަމަށެވެ. ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ޙައްޤުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށާއި މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށްވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއްދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށްވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއްދިޔަ. އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވިއްޖިއްޔާ، ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ، އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއްނެތި. ސިފައިންނާއި ފުލުހުން މިއަދު އެތިބީ، މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް އިތުރަށް ވިދާޅުވީ މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާއެއްގެ ކަމަކީ، ނޫސްވެރިންނާއި، ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދު ނޫންކަމަށެވެ.

މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ. ޚިޔާލު ފާޅުކުރުމަކީ ޙައްޤަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީވެސް، ކޮންމެ މީހެއްގެ ޒާތީ ޙައްޤެއް. އެހެންކަމުން ޚިޔާލު ފާޅުކުރަންވާނީވެސް، އަދި ނޫސްވެރިކަން ކުރަންވާނީވެސް، އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށްވެސް ރައްކާތެރިވެގެން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ކުރިމަގުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން ކަމަށެވެ. އިންސާނީ ޙައްޤުތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުންކަމަށެވެ. އަދި އިންސާނީ ޙައްޤުތަކަށް ހުރަސް އެޅޭގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ، އެކަމެއް ނައްތައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި