ހދ. ކުޅުދުއްފުށި ސިޓީ
|
12 ޑިސެންބަރ 2021 | އާދީއްތަ 13:03
ހދ.ހަނިމާދޫ
ހދ.ހަނިމާދޫ
ސޯޝިއަލް މީޑިއާ
ހަނިމާދޫ މޮނިޓަރިން އަށް
ކޮވިޑް ހާލަތު ގޯސްވެ ހަނިމާދޫ މޮނިޓަރިންއަށް
ކޮވިޑްގެ ކޭސްތަކާއި ގުޅިގެން އެރަށުގެ 52 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައި
ހަނިމާދޫން 40 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފައި

ކޮވިޑް-19ގެ ހާލަތު ގޯސްވެ، ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ އާދީއްތަ ދުވަހުގެ ހެނދުނުގައެވެ.

މި މަހު ފަސްވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މި މަހު 6 ވަނަ ދުވަހު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 40 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާކަމަށް، ސިއްހީ މަރުކަޒުން ބުނެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ މިމަހު 5 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށު ކެފޭއެއްގައި މަސައްކަތް ކުރާ އަންހެން ކުއްޖެކެވެ. އެ ކެފޭއިން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކެފޭގައި މަސައްކަތް ކުރާ އިތުރު 3 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ހަނިމާދޫގައި މިހާރު ކުރިއަށްދާ އާދަމް ސަލީމް ކަޕް 2021ގެ ކުޅުން ތެރިޔަކުވެސް ޕޮޒިޓިވް ވުމާގުޅިގެން، އެ މުބާރާތް ވެސް ވަނީ މެދު ކަނޑާލާފައެވެ.

ހަފުތާއެއްގެ ތެރޭގައި 40 މީހުން ޕޮޒިޓިވްވެ، ހަލުވިކަމާއި އެކު އެރަށުގައި ކޮވިޑް ފެތުރޭތީ ހެލްތް ސެންޓަރުން އިލްތިމާސް ކުރަނީ ބަލި ކޮންޓްރޯލް ކުރުމަށް ކޮވިޑް ޓާސްކްފޯހަށް އެއްބާރުލުން ދީގެން ކޮވިޑުން ރައްކާތެރިވުމަށް ދޭ އިރުޝާދު ތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.

މިފަހަރުގެ ކޮވިޑްގެ ކޭސްތަކާއި ގުޅިގެން އެރަށުގެ 52 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް