ކ. މާލެ
|
11 ޑިސެންބަރ 2021 | ހޮނިހިރު 09:19
ގައުމީ ކްރިކެޓް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ރިޝްވާން
ގައުމީ ކްރިކެޓް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ރިޝްވާން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރިޝްވާނަށް ބޮޑު ފުރުސަތެއް ލިބުން
ޕާކިސްތާން ލީގުގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ރިޝްވާނަށް
 
ޑްރާފްޓުގައި ރިޝްވާން ހިމެނެނީ "ސިލްވާ" ކެޓަގަރީގައި
 
ކުލަބުތަކަށް ކުޅުންތެރިން ނެގުން އޮންނާނީ އާދީއްތަ ދުވަހު

ގައުމީ ކްރިކެޓް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ރިޝްވާނަށް ޕާކިސްތާނުގެ ކްރިކެޓް ސުޕަ ލީގުގެ ޑްރާފްޓް ކުޅުންތެރިންގެ ލިސްޓުގައި ހިމެނި، ބޮޑު ފުރުސަތެއް ފަހިވެއްޖެއެވެ.

ޕާކިސްތާން ސުޕަ ލީގަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ފެންވަރުގައި ޕާކިސްތާނުގައި ކުޅޭ މުބާރާތެކެވެ. އެ މުބާރާތަށް ކަނޑައެޅި ބިދޭސީ ކުޅުންތެރިންގެ ޑްރާފްޓުގައި ރިޝްވާން ހިމެނެނީ "ސިލްވާ" ކެޓަގަރީގައެވެ. އެގޮތުން ޑްރާފްޓުކުރި ލިސްޓުގައި ރިޝްވާން އޮތީ ބިދޭސީ 445 ކުޅުންތެރިންގެ ތެރެއިން 352 ވަނައިގައެވެ.

ޕާކިސްތާން ސުޕަ ލީގުގެ ކުޅުންތެރިން ނެގުން އަންނަ އާދިއްތަ ދުވަހު ބާއްވާއިރު، އެ ލީގުގައި ވާދަކުރާ ހަ ކުލަބުން އާދިއްތަ ދުވަހު ބާއްވާ "އޯކްޝަން" ގައި ބައިވެރިވެ، ޓީމަށް ކުޅުންތެރިން ނަގާނެއެވެ. އެހެންކަމުން އެ ކުލަބުތަކުން ބޭނުންވާނަމަ ރިޝްވާން ޓީމަށް ނެގުމުގެ ފުރުސަތު އެބައޮތެވެ.

ޕާކިސްތާނުގެ ކްރިކެޓް ސުޕަ ލީގުގައި ކުޅުމުގެ ފުރުސަތު ރިޝްވާން ހޯދިއިރު، މިދިޔަ އަހަރު އޭނާ ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ގައުމުތަކުގެ އެންމެ މޮޅު 20 ބެޓްސްމަންގެ ތެރޭގައިވެސް ހިމެނިފައެވެ. އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ގައުމުތަކުން ހޮވި އެންމެ މޮޅު 20 ބެޓްސްމަނުންގެ ތެރޭގައި ރިޝްވާން ހިމެނުނީ 2019 އަހަރުގެ ޓީ20 މެޗުތަކުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިންގެ ތެރޭގައި ހިމެނުމުންނެވެ.

އުމުރުން 20 އަހަރުގައި ކްރިކެޓް ކުޅެން ފެށި ރިޝްވާނަކީ ކަނާތުން ކުޅޭ ބެޓްސްމަނެކެވެ. މިހާރު އުމުރުން 28 އަހަރުގެ ރިޝްވާން ރާއްޖޭގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވަނީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ރިޝްވާން އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މުބާރާތަކީ އޮކްޓޯބަރު މަހު ގަތަރުގައި ބޭއްވި ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް