ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 19:33
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ކްރިކެޓް ޕްރިމިއާ ލީގު
މާލޭ ވެޓެރަންސް އާއި މިލާން ކްރިކެޓް އެކެޑަމީއަށް މޮޅެއް
 
ވިޔަންސާ އަތުން މާލޭ ވެޓެރަންސް މޮޅުވީ 17 ލަނޑުން
 
މާލޭ ސްޕޯޓްސް އަތުން މިލާން އެކެޑަމީ މޮޅުވީ 12 ލަނޑުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން މާލޭ ވެޓެރަންސް ކުލަބާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ވިޔަންސާއާ ބައްދަލުކޮށް މާލޭ ވެޓެރަންސް މޮޅުވީ 17 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި މާލޭ ސްޕޯޓްސް ކުލަބު އަތުން މިލާން ކްރިކެޓް އެކެޑަމީ މޮޅުވީ 12 ލަނޑުންނެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން މާލޭ ވެޓެރަންސް ކުޅެން އަރައި 19.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 48 ބޯޅައިން 49 ލަނޑު ހެދި ޕްރަދީޕް މަދުރަންގައެވެ. ޖަވާބުގައި ވިޔަންސާ ކުޅެންއަރައި 19.1 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 31 ލަނޑު ހެދު ތަރިންދު ނިލަންކަ އާއި 28 ބޯޅައިން 25 ލަނޑު ހަމަކުރި ސައިދުލް އިސްލާމެވެ.

މީގެ އިތުރުން ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވުމުން މިލާން ކްރިކެޓް އެކެޑަމީ ކުޅެން އަރައި 19 ވަނަ އޯވަރުގައި މެޗު ހުއްޓާލިއިރު ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 30 ލަނޑު ހެދި އާދަމް ނާސިފާއި ނުބައިނުވެ 29 ބޯޅައިން 27 ލަނޑު ހަމަކުރި އިސްމާޢީލް ނަޒްވާނެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެން އަރައި 19 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 37 ބޯޅައިން 40 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުވެސް ދެ މެޗެއް ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޒީ ސްޕޯޓްސް އާއި އޮއްފު އެފްސީއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓާ އާއި ވިޔަންސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް