ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 12:32
ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައިވޭ
ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައިވޭ
ރޮއިޓަރސް
ވެކްސިނޭޝަން ޕްރޮގްރާމް
އޮސްޓްރޭލިއާގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ
 
އަންނަ މަހު 10 ވަނަ ދުވަހު ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދާނެ

އޮސްޓްރޭލިއާގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް އަންނަ މަހު ފައިޒަރ ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ އެތައް މިލިއަން އާއިލާއަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ކެނެޑާގެ ކްލިނިކަލް ޑޭޓާއަށް ބެލުމަށްފަހު އޮސްޓްރޭލިއާގެ ވެކްސިނޭޝަން އެޑްވައިޒަރީ ގްރޫޕުން ވަނީ ދެވަނަ ޑޯޒް ޖެހުމާއި ދޭތެރޭގައި 8 ހަފްތާ ނެގުމަށް ލަފާ ދީފިއެވެ. ނަމަވެސް ބަލިފެތުރުން އިތުރުވާ ހާލަތެއްގައި މި މުއްދަތު ތިން ހަފްތާއަށް ކުރުކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއިން މިހެން ނިންމާފައިވާއިރު އެ ގައުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖެހި މީހުން ތިބި އެއް ގައުމެވެ. އުމުރުން 16 އަހަރުން މަތީގެ 90 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ސިޑްނީގައި ބަލިފެތުރުން އިތުރުވެފައިވުމާއި ކޮވިޑުގެ އައު ވޭރިއަންޓް ފެނުމާއި ގުޅިގެން އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ވީ އެންމެ އަވަހަކަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާ އިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. މިހާތަނަށް އެ ވޭރިއަންޓްގެ ޖުމްލަ 50 ކޭސް ވަނީ ފެނިފައެވެ. އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ 57 ގައުމަކުން މިހާތަނަށް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނީ މިވޭރިއަންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށް އަދިވެސް އިތުރު ޑޭޓާ ބޭނުންވާކަމަށެވެ. އަދި މިވޭރިއަންޓްގެ މިޔުޓޭޝަންތަކުގެ ސަބަބުން ވެކްސިނުން ކުރާ އަސަރުކުޑަކުރޭތޯ ބެލުމަށް އިތުރު ދިރާސާ ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

އޮމިކްރޯން ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ވޭރިއަންޓްގެ ސަބަބުން ދެކުނު އެފްރިކާއިން ފެންނަމުންދާ ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އޭގެ ސަބަބަކީ ޓެސްޓްކުރުން އިތުރުވެފައިވުމާއި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދުވުންކަމަށް ބެލެވޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މައުމޫން ސަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް