ކ. މާލެ
|
9 ޑިސެންބަރ 2021 | ބުރާސްފަތި 00:01
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓަރ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓަރ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
އެކްސިޑެންޓްވުން
ނުކުޅެދުންތެރިކަން ހުންނަ މީހާ އެކްސިޑެންޓްވީ ކާރެއްގައި ޖެހިގެން ނޫން: ފުލުހުން
 
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
 
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް

މިދިޔަ ހޯމަ ދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހެއް އެކްސިޑެންޓްވީ ކާރެއްގައި ޖެހިގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ބްރިޖް ކައިރިން ސައިކަލަކާއި، ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ޑިސެންބަރު 6 ވަނަ ދުވަހު 12:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން އެސަރަހައްދުގައި ސީސީޓީވީ ފޫޓޭޖްތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން އެކްސިޑެންޓް ހިނގާފައިވަނީ ކާރާ ސައިކަލް ޖެހިގެން ނޫން ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ކާރު އަންނަތަން ފެނުމުން ސައިކަލުގައި އިން މީހާއަށް ހަދާލެވުނު ގޮތަކުން ސައިކަލުން ވެއްޓިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައިވަނީ މ. ކިނބިދޫގޭ ޚާލިދު އަބްދުﷲ އަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
33%
0%
33%
33%
ކޮމެންޓް