ކ. މާލެ
|
29 މެއި 2017 | ހޯމަ 11:01
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ބައި މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައި
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ބައި މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައި
ދަ ސަން
ލަންކާގައި ފެންބޮޮޑުވުން
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
ފެންބޮޑުވުމާ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މިހާތަނަށް  151 މީހުން މަރުވެ 112 މީހަކުވަނީ ވީނުވީއެއް ނޭނގި ގެއްލިފައި
ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ބައި މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ
އދ.އާއި ބައެއް ގައުމުތަކުން އެހީ ފޯރުވުމަށް ދަނީ މަސައްކަތް ކުރަމުން

ސްރީލަންކާގައި ފެން ބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި މުދަލަށާއި ގެދޮރަށް ގެއްލުން ލިބިފައި ވާތީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެގައުމުން އެދިއްޖެއެވެ.

 

ފެންބޮޑުވުމާ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 151 މީހުން މަރުވެ 112 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

ޑިޒާސްޓަރ މެނޭޖް މަންޓުން ބުނީ މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި 52 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ފެންބޮޑުވުމާއި ބިންގަޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސަތަކުގެ އަސަރު 114،124 އާއިލާއަކުން ޖުމްލަ 442،299 މީހަކަށް އަސަރުކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ.

އެގައުމަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ބައި މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު، އެމީހުނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 185 ރިލީފް ކޭމްޕް ގާއިމްކުރެވި 2,000 މިލިޓަރީ އޮފިޝަލުން ދަނީ ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލަންކާއިން ބައިނަލްއަގުވާމީ އެހީއަށް އެދިފައިވާއިރު، އިންޑިއާއިން ވަނީ އެގައުމުގެ އަސްކަރީ މަނަވަރު އައިއެންއެސް ކިރިޗް މެދުވެރިކޮށް ކާބޯތަކެއްޗާއި ބޭހާއި، އެނޫނަސް ޒަރޫރީ އެހީތެެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށައިފައެވެ.

އދ. އިން ވެސް ވަނީ ލަންކާއަށް ފެނާއި، ވަގުތީ ބޯހިޔާވަހި ކަމަށް ބޭނުންކުރާނެ ޓެންޓްތައް ހަދިޔާކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ޕާކިސްތާނުން ވެސް ވަނީ، ލަންކާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ވަރަށް އަވަހަށް އެހީގެ ތަކެތި ފޯރުކޮށްދޭނެކަން އިއުލާނުކޮށްފައެވެ.

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކޮލަމްބޯގެ ދެކުނުން އޮންނަ ކަލުތަރަ ޑިސްޓްރިކްޓަށެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާ އަށް ކުރާ އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. އެ ފަހަރުގެ ވިއްސާރައިގައި 10،000 ގެ ހަލާކުވެ 250 މީހުން ވަނީ މަރުވެފަ އެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި، ހޯމަދުވަހާއި އަންގާރަދުވަހު ވެސް އެގައުމަށް ބޯކޮށް ވާރޭވެހޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް