ކ. މާލެ
|
5 ޑިސެންބަރ 2021 | އާދީއްތަ 09:44
ނައިބު ރައީސް ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ
ނައިބު ރައީސް ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާއްޖޭގައި
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ނައިބު ރައީސްގެ އަރިއަހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި
ނައިބު ރައީސާއި، ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ވަނީ ކޮވިޑުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި
ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަށް ފާހަގަކުރެއްވި

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

ނައިބު ރައީސް ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގެންނެވުމަށް އަބޫދާބީއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރުފަހުއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސާއި، ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ވަނީ ކޮވިޑުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ކޮވިޑުގެ ޙާލަތުން އަރައިގަތުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތް ތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ.

މި ބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބަހައްޓަވާ ގާތްކަމަށާއި ދީލަތި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަށް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. ޙާއްޞަކޮށް ވޮކޭޝަނަލް އެޑިއުކޭޝަނަށާއި، ޞިއްޙީ ދާއިރާގެ ތަޢުލީމަށް ސްރީލަންކާ ސަރުކާރުން ދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ތިމާވެށީގެ ޙިމާޔަތަށް ރާއްޖެއިން ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއަށާއި މި ސަރަޙައްދުގެ އެހެން ޤައުމު ތަކަށް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ ގޮތް އޮޅުންފިލުއްވައިފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރު ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް