ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގައި މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން އިން ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެޗްޑީސީ އަދި މޯޑަސް އޮޕެރަންޑީ އެވެ. މި މެޗުގެ ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އެރީ އެޗްޑީސީ އެވެ. އެގޮތުން އެޓީމު ވަނީ ކުޅެން އަރާ ތިން ކުޅުންތެރިން ނުބައިވެގެން 78 ލަނޑު ހަދާފައެވެ. ޖަވާބުގައި މޯޑިސް އޮޕަރެންޑީ ކުޅެން އަރާ މެޗު 79 ލަނޑު ހަދާފައިވާއިރު، އެޓީމު މެޗު ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.
ދެވަނަ މެޗުގައި ޝުގަރްކޯން އާއި ރިވާސް ބާބާ ބައްދަލުކުރިއިރު، މި މެޗުގެ ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އެރީ ރިވާސް ބާބާ އެވެ. އެގޮތުން އެޓީމު ވަނީ ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 48 ލަނޑު ހަދާފައެވެ.
ޖަވާބުގައި ޝުގަރްކޯން އިން ވަނީ ކުޅެން އަރާ އެންމެ ކުޅުންތެރިޔަކު ނުބައިވެގެން 53 ލަނޑު ހަދާ، ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގައި ހޯމަ ދުވަހުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހޯމަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ކޭޑީއެމް އާއި އެމްއާރްޑީސީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ވަންއޯވަން އާއި މެރީކޯނާ އެވެ. ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައި ކުޅޭ މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 16:05 ގައެވެ.