Advertisement
ކ. މާލެ
|
4 ޑިސެންބަރ 2021 | ހޮނިހިރު 11:46
މޫދުގައި ފެހި ގިނަވެފައި،
މޫދުގައި ފެހި ގިނަވެފައި،
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް
މޫދުގައި ފެހި ގިނަވުން
މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި
މަސްމަހާމެހި މަރުވުމުގެ ފުރުސަތު އެބައޮތް
މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް
ކަނޑުގައި ލޮނު ހުންނަ މިންވަރު އިތުރުވޭ

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ އެކަމަށް ސަމާލުވެ، ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ފެހި މާ ބޮޑަށް ގިނަވާނަމަ މަސްތައް މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް، މޫދުގެ ކުލައަށް ބަދަލު އަންނަމުންދާ ފޮޓޯތައް ހިއްސާކޮށްފައިވެއެވެ.

ފެހި ގިނަވެ، މޫދުގެ ކުލައަށް ބަދަލު އަންނަ ނަމަ ރިޕޯޓު ކުރުމަށް އެދިފައިވާއިރު، މިމައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ އެކި ސަރަހައްދުތަކުގެ ރިސޯޓުތަކަށާއި، މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށެވެ. ނަމަވެސް މިހާތަނަށް އެމައްސަލައާ ގުޅިގެން ގިނަ މަސްތަކެއް މަރުވެފައިވާކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް މެރިން ރިސާޗުން ބުނެއެވެ.

މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދަނީ މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި އެކަމާއި ގުޅިގެން ކަނޑުގައި ލޮނު ހުންނަ މިންވަރު އިތުރުވެ، ގިނަ އަދަދެއްގެ މަސް މަރުވުމަށް ދިމާވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް