ކ. މާލެ
|
28 މެއި 2017 | އާދީއްތަ 23:32
އޮޕަރޭޝަނަށްފަހު ދަގަނޑޭ ފޭސްބުކް ގައި ޝާއިރު ކޮށްފައިވާ ޕޮޓޯއެއް
އޮޕަރޭޝަނަށްފަހު ދަގަނޑޭ ފޭސްބުކް ގައި ޝާއިރު ކޮށްފައިވާ ޕޮޓޯއެއް
ފޭސްބުކް
ޢަލީ އަޝަފާގް
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
ދަގަނޑޭ ސާޖަރީ ހަދާފައި ވަނީ އަވައްޓެރި ލަންކާގައި، ސްޕޯޓްސް ފިޒީޝަން އަލީ ނާޝިދުގެ ބެލުމުގެ ދަށުން
ބެލެވޭ ގޮތުގައި މަހެއްހާ ދުވަސް ފަހުން އޭނާ ފިޓް ވާނެ

ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން ގައުމީ ކެޕްޓަން ޢަލީ އަޝްފާގް ދަގަނޑޭ އާތޮސްކޮޕިކް ސާޖަރީއެއް ހަދައިފިއެވެ.

 

ނުފަޅާ، ކަށި ކޮށްޕައިގެން ކުރި މި ސާޖަރީ ހަދާފައިވަނީ އަވައްޓެރި ސްރީލަންކާގައި، ދިވެހި ސްޕޯޓްސް ފިޒީޝަނެއް ކަމަށްވާ އަލީ ނާޝިދުގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ސާޖަރީ ހެދުމަށްފަހު ދަގަނޑޭގެ ރަސްމީ ފޭސްބޫކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓް އެއްގައި އޭނާ ވަނީ، ޑރ. ނާފިއު އަށާއި، ޢަލީ ނާޝިދްގެ އިތުރުން، އޭނާގެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ޝުކުރު އަދާކޮށްފައެވެ.

 

އަނިޔާގެ ސަބަބުން މި ސީޒަނުގެ ބޮޑު ބައެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު ދަގަނޑޭ ނިއުއަށް ސޮއެ ކޮށްފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. ފޭސްބުކް ގައި ދަގަނޑޭ ކުރި ޕޯސްގައި އޭނާ ބުނެފައިވަނީ، ވީހާވެސް އަވަހަށް ކުޅުމުގެ ތެރެއަށް އައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެގޮތުން ބެލެވޭ ގޮތުގައި މަހެއްހާ ދުވަސް ތެރޭގައި އޭނާއަށް ޕްރެސްޓިކް ތަކުގައި ބައިވެރި ވެވޭނެއެވެ. އެގޮތުން ހަސްތާއެއް ފަހުން ރިހެބްލިޓޭޝަން ހެދުމަށް ޖީމް އެކްސަސައިޒްތަށް ފަށާނެ ކަމަށްވެސް ބެލެވެއެވެ.

 

އެހެންނަމަވެސް އޭނާއަށް ނިއުރޭޑިއަންޓަށް މެޗެއް ކުޅުވޭވަރު ވާނީ އަންނަ ޖުލައި މަހުގެ ޓްރާންސްފާއަށް ފަހުއެވެ. ބެލެވޭ ގޮތުގައި އޭނާ ނިއުގެ ޖާސީގައި ކުޅޭ ފުރަތަ މެޗަށް ވާނީ، މާލެ ލީގުގެ ފަހު މެޗުގައި ޖުލައި 19 ވަނަ ދުވަހު މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

 

މެލޭޝިއާގެ ޕީޑީއާރު އެމްއަށް ކުޅެނިކޮށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ ވަނީ އެޓީމާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ފާއިތުވި އަހަރު މާލެ އައިސްފައެވެ. އަދި ފާއިތުވި ސީޒަނުގައި މާޒިޔާއަށް ކުޅުނު ނަމަވެސް އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ވެފައެއް ނުވެއެވެ. އެގޮތުން މާޒިޔާ ދޫކޮށްލުމަށްފަހު މިސީޒަނުގެ ކުރީކޮޅު ނިއުއަށް ސޮއެ ކުރާނެ ކަމަށް ގިނަ ފަރާތްތަކަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ނިއެއިން ބުނީ އޭރު އޭނާ ނިއު އާއި އެކު އެއްބަސްވުމަކަށް އައިސްފައި ނުވަނީ ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް