ހދ. ކުޅުދުއްފުށި ސިޓީ
|
3 ޑިސެންބަރ 2021 | ހުކުރު 13:41
ހދ ނެއްލައިދޫ އަތިރިމަތި
ހދ ނެއްލައިދޫ އަތިރިމަތި
ފޭސްބުކް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުން
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްރޭހެއް
 
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ގިނަވެގެން ތިބެވޭނީ 6 މީހުންނަށް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލަށް ހުށައެޅުމަށެވެ. އަދި ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވާ ލިންކް އެކައުންސިލުން ވަނީ އާންމުކޮށްފައެވެ.

ކައުންސިލުން ބުނީ މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން އެންމެ މަދުވެގެން 4 މީހުން އަދި ގިނަވެގެން 6 މީހުންނަށް ބައިވެރިވެވޭނެ ކަމުގައެވެ. މަސް ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ދުވަހު ހަވީރު 16:00 އިން ފެށިގެން އެރޭ 20:30 ހާ ހަމައަށެވެ.

މަސްރޭހުގައި ބައިވެރިވާ ޓީމް ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އެންމެ މޮޅު ކެޔޮޅަށް ވެސް ފައިސާ އިނާމު ދިނުމަށްވަނީ ނިންމާފައެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް