ކ. މާލެ
|
28 މެއި 2017 | އާދީއްތަ 19:39
އާސެނަލް 13 ވަނަ ފަހަރަށް އެފްއޭކަޕް އުފުލާލަނީ
އާސެނަލް 13 ވަނަ ފަހަރަށް އެފްއޭކަޕް އުފުލާލަނީ
ޓްވިޓަރ
އެފްއޭކަޕް
އެފްއޭކަޕް: ލީގު ޗެމްޕިއަން ޗެލްސީ ބަލިކޮށް އާސެނަލް އިން 13 ވަނަ ތަށި އުފުލާލައިފި
މިއީ އާސެނަލް އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރު
އާސެނަލް އެފްއޭކަޕް ހޯދީ ލީގު ޗެމްޕިއަނުން ބަލިކޮށްގެން
އާސެނަލް އިން ޗެލްސީ ބަލިކުރީ 1-2 ގެ ނަތީޖާއަކުން

އެފްއޭކަޕްގައި ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީ ބަލިކުރުމަށްފަހު، އާސެނަލް އިން 13 ވަނަ ތަށި އުފުލާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީއާ ވާދަކޮށް އާސެނަލް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި 89.000 އަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އާސެނަލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސަސް ސަންޗޭޒް އެވެ.

މި ލަނޑަށްފަހު ޗެލްސީން ވަނީ ކުރިޔަށް ޖެހި ހަމަލާތައް ގިނަކޮށްފައެވެ. އެގޮތުން އެޓީމުންވަނީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. މީގެއިތުރުން އާސެނަލް އަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޗެލްސީން ދިޔައީ އާސެނަލްގެ ހާފަށްބާރުބޮޑުކޮށް ލަނޑު ޖެހުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް މެޗުގައި ޗެލްސީއަށް އިތުރަށް މައްސަލަތައް ދިމާވީ 68 ވަނަ މިނެޓުގައި އެޓީމުގެ ވިކްޓާ މޮސެސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އެގޮތުން އާސެނަލް އިން ވަނީ އޭގެ ފައިދާ ނަގާ ކުރިޔަށް ޖެހި ޗެލްސީ އަށް ޕްރެޝާކޮށްފައެވެ. އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޗެލްސީގެ ޑިއެގޯ ކޯސްޓާ ވަނީ އެޓީމަށް ނަތިޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ 76 ވަނަ މިނެޓުގައި ވިލިއަންގެ އެހީތެރިކަމާއެކުގައެވެ.

ޑިއެގޯ ކޯސްޓާ ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓު ފަހުން އާސެނަލް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލނަޑު އޮލިވާ ޖިރޫގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދނީ އާރޮން ރަމްސީ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް