ހދ. ކުޅުދުއްފުށި ސިޓީ
|
29 ނޮވެންބަރ 2021 | ހޯމަ 18:17
ިމިދިޔަ އަހަރު ބޭއްވި އިހަވަން ކަޕުގެ ޗެންޕިއަންކަން ހޯދި ނޮޅިވަރަމް ޓީމު
ިމިދިޔަ އަހަރު ބޭއްވި އިހަވަން ކަޕުގެ ޗެންޕިއަންކަން ހޯދި ނޮޅިވަރަމް ޓީމު
ފޭސްބުކް
އިހަވަން ކަޕް 2021
ބައިލައްކަ ރުފިޔާގެ އިނާމަކާއެކު އިހަވަން ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
ފޯމު ހުށަހެޅޭ ފަހު ތާރީޚަކީ އަންނަ މަހުގެ 15 ވަނަ ދުވަސް
 
ހއ އަދި ހދ ގެ ހުރިހާ ރަށަކަށް މި މުބާރާތުގައި ބައިވެރިވެވޭނެ

ބައިލައްކަ ރުފިޔާގެ އިނާމަކާއެކު އިހަވަން ކަޕް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހއ. އިހަވަންދޫގެ ޖަމުއިއްޔާއެއް ކަމުގައިވާ ކުލަބު ޕޯލްސްޓާގެ ފަރާތުން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލާފައެވެ.

ކުލަބް ޕޯލްސްޓާއިން ބުނީ "އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ހއ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. ހދ އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތް ކުރާ ކުލަބު ޖަމާއަތްތަކާއި، ހއ. ހދ އަތޮޅުގައި ހުރި ކުންފުނިތަކާއި އަދި ހއ. ހދ އަތޮޅުގައި ހުރި ރިސޯޓުތަކަށް ކަމަށެވެ. އެހެން ނަމަވެސް އިހަވަންދޫގެ އެއްވެސް ކުލަބު ޖަމުއިއްޔާއަކަށް، ސަރުކާރުގެ މުއައްސަސާއަކަށް، އަދި ކުންފުންޏަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމު 2،000 ރުފިޔާގެ ފީއަކާއިއެކު ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، މުބާރާތަށް ފޯމު ހުށަހެޅޭ ފަހު ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު ކުލަބު ޕޯލްސްޓާގެ އޮފީހުންނާއި އެ ޖަމުއިއްޔާގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް މައުލޫމާތު ދެއެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25،000 (ފަންސަވީސްހާސް ރުފިޔާ) އެވެ. މިއީ ކުލަބް ޕޯލްސްޓާއިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ މި މުބާރާތް މިދިޔަ އަހަރު ބޭއްވިއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ. ނޮޅިވަރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
50%
0%
0%
ކޮމެންޓް