ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 18:21
ދިރާގު
ދިރާގު
ދިރާގު
ހައި ސްޕީޑް ފައިބަރ އިންޓަނެޓް
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ނ. މަނަދޫއަށް
ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ، އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެ

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެގޮތުން، ނ. މަނަދޫގެ ރައްޔިތުންނަށް، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯރޓްފޯލިއޯގައި ހިމަނައިފައިވާ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެއެވެ.

ދިރާގު ހައިސްޕީޑް އިންޓަނެޓް ރައްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ، މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއުނިޓީތައް ބިނާކޮށް ބާރުވެރިކުރުވުމަށް ކަމަށް ދިރާގު އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ޙަމީދް ވަނީ ވިދާޅުވެފައެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 66 ރަށެއް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް