ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 15:27
ކެނދިކުޅުދޫގައި ފެށި އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން
ކެނދިކުޅުދޫގައި ފެށި އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން
ކެނދިކުޅުދޫ ކައުންސިލް
ޑީ ލައިސަންސް ކޯޗިން ކޯސް
އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯސް ކެނދިކުޅުދޫގައި
 
ކޯހުގައި 19 ކޯޗުން ބައިވެރިވެފައިވާއިރު، ތިން އަންހެން ކޯޗުން ހިމެނޭ
 
މި ކޯހުގައި ކިޔަވައިދެނީ މުޙައްމަދު އަރީފާއި މުޙައްމަދު ޝިޔާޒް (މޯހަން)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ޑީ ލައިސަންސް ކޯޗިން ކޯސް ނ. ކެނދިކުޅުދޫގައި ފަށައިފިއެވެ.

އެފްއޭއެމުން ޑީ ލައިސަންސް ކޯޗިން ކޯސް މުޅިން އަލަށް ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މި ކޯހަކީ އަލަށް ކޯޗިންގެ ދާއިރާއަށް ވަންނަ ކޯޗުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ކޯހެވެ. އަދި ސީ ލައިސަންސަށް ދިއުމުގެ ކުރިން ޑީ ލައިސަންސް ހެދުން މަޖުބޫރު ވެގެންދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯސް ކެނދިކުޅުދޫގައި ކުރިއަށްގެންދަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކެނދިކުޅުދޫ ކައުންސިލް ގުޅިގެންނެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޯހުގައި 19 ކޯޗުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ތިން އަންހެން ކޯޗުންވެސް ހިމެނެއެވެ.

މި ކޯސް ފައްޓަވައިދެއްވުމަށްފަހު ބުރާސްފަތި ދުވަހުގެރޭ "ރާއްުޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ކެނދިކުޅުދޫ ކައުންސިލުގެ ރައީސް ވިދާޅުވީ މާޒިޔާ އާއި ކެނދިކުޅުދޫ ކައުންސިލް ގުޅިގެން އެ ރަށުގައި ފަށާ އެކެޑަމީގެ ކުރިން ޑީ ލައިސަންސް ކޯޗިން ކޯސް އެ ރަށުގައި ކުރިއަށްގެންދެވޭނެ މަގު އެފްއޭއެމުން ފަހިކޮށްދިނުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މި ކޯހަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި، އެގޮތުން ކޯހުގައި ބައިވެރިވާ ކޯޗުންނަކީ މީގެ ކުރިން ފުޓްބޯޅަ ކުޅެފައިވާ އަދި މިހާރުވެސް ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވެސް ވިދާޅުވިއެވެ.

ކެނދިކުޅުދޫގައި ފެށި އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން - ކެނދިކުޅުދޫ ކައުންސިލް

"ރާއްުޖެ.އެމްވީ" އާ ވާހަކަދައްކަމުން ކޯހުގައި ބައިވެރިއެއް ކަމަށްވާ އަބްދުﷲ ސުޢާދު ބުނީ މިފަދަ ކޯހެއްގެ އިންތިޒާރުގައި ތިބޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، އެހެންކަމުން މި ފުރުސަތު ތަނަވަސްކޮށްދިނީތީ ކެނދިކުޅުދޫ ކައުންސިލަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މިއީ އެ ރަށުގައި އެކެޑަމީތައް ފެށިގެން އަންނައިރު، ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށްވެސް ސައީދު ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ކޯހުގެ އެހެން ބައިވެރިއެއް ކަމަށްވާ އަލީ ޝަމީމް ބުނީ ކުޑަކުދިން ތަމްރީނުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެހެންކަމުން މިފަދަ ކޯހެއްގެ އެހީގައި އެކަމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި އައު ފުޓްބޯޅަ ޖީލެއް ބިނާކުރަން މަސައްކަތްކުރާއިރު، މި ކޯހުގެ ސަބަބުން އެ ކުދިންނަށް އުނގަންނައިދިނުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ޝަމީމް ވަނީ ބުނެފައެވެ.

މާޒިޔާގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެނީ ޑީ ލައިސަންސް އިންސްޓްރަކްޓަރު މުޙައްމަދު އަރީފާއި މާޒިޔާގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަންއަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗެކެވެ. އަދި މޯހަންގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް މާޒިޔާ ނުކުންނައިރު، އެ ޓީމުން އަންނަނީ ކެނދިކުޅުދޫގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
4 އޯގަސްޓް 2022 | ބުރާސްފަތި 14:10
ޟާނު
މާޒިޔާ ގެނެސް ހުރި ޖާރޒީގަ އެފް އޭ ލޯގޯ ޖަހާފަ ހުރިހެން ހީވޭ