ކ. މާލެ
|
28 މެއި 2017 | އާދީއްތަ 04:57
ނުރަސްމީ ގަޑީ ޕްރޮގްރާމްގައި މެމްބަރު އަބްދުﷲ ރިޔާޒު ފިހާރައެއްގެ ސޭޓަކަށް
ނުރަސްމީ ގަޑީ ޕްރޮގްރާމްގައި މެމްބަރު އަބްދުﷲ ރިޔާޒު ފިހާރައެއްގެ ސޭޓަކަށް
ރާއްޖެ އެމްވީ
ރޯދަ މަސް
ރިޔާޒު ކަންމަތީ ފިހާރައެއްގެ ސޭޓަކަށް!
ރިޔާޒުގެ ހަޔާތާއި ގުޅޭގޮތުން އާއިލާގެ މެމްބަރުންގެ އިންޓަރވިއު ޕްރޮގްރާމްގައި ހިމެނޭނެ
ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ގައި
ޕްރޮގްރާމްގައި ރިޔާޒު ފިހާރައެއްގެ ސޭޓެއްގެ މަސައްކަތް ކުރަންޖެހޭ

ރާއްޖެޓިވީން މި ރޯދަ މަހު ގެނެސްދޭ ޕްރޮގްރާމުތަކުގެ ތެރެއިން "ރަސްމީ ގަޑީ"ގައި އޭނާ ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. އެހެންނޫނީ ސިޔާސީ ކޮންމެވެސް ހަރަކާތެއްގެ ތެރެއިނެވެ. މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ވާހަކެވެ. ރިޔާޒު އަކީ ފުލުހުންގެ މުއައްސަސާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމްވެސް އަދާކުރައްވާފައިވާ ބޭފުޅަކެވެ. 

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތް ގެނެސް ދިނުމަށް ރާއްޖެޓީވީން ކޮންމެ އަހަރަކު ރަމަޟާން މަހުގައި ގެނެސްދޭ މި ޕްރޮގްރާމުން ރިޔާޒު ފެނިގެންދާނީ ތަފާތު ގޮތަކަށެވެ. ރިޔާޒު ރަސްމީ ގަޑި ނިމުމަށް ފަހު ކުރާ ކަންތަކާއި ނުރަސްމީ ގަޑީގައި ރާއްޖެޓީވީން ހަވާލުކުރާ މަސައްކަތެއް ރިޔާޒު ކުރަންޖެހޭނެވެ. އެގޮތުން މިރޭ ގެނެސްދޭ ރިޔާޒުގެ މި ޕްރޮގްރާމުގައި އޭނާ ފެނިގެންދާނީ ކަންމަތީ ފިހާރައެއްގެ ސޭޓެވެ. ޕްރޮގްރާމްގައި ރިޔާޒުގެ ހަޔާތާއި ގުޅޭގޮތުން އާއިލާގެ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދޭނެވެ. އެއީ ސަބަބެއް ނެތިގެނެން ނޫނެވެ. ރިޔާޒުގެ އިނބިކަބަލުން އައިމިނަތު ނަދާ ޓީވީއަކަށް ޕްރޮގްރާމަކަށް ރިޔާޒާ ގުޅޭ ގޮތުން ދީފައިވާ ފުރަތަމަ އިންޓަވިއު ވެސް ހިމެނެނީ މިރޭގެ ޕްރޮގްރާމްގަ އެވެ.  ރިޔާޒާއި ނަދާ ދިމާވި ގޮތާއި، އެ ދެމީހުން ލޯބީ ގޮތުން ގުޅިގެން އުޅުނު އިރު ދިމާވެފައިވާ ހެއްވާ މަޖާ ތަފާތު ކަންކަން ނަދާ ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް ރިޔާޒު ވިދާޅުވާ ގޮތުން އެނާ އަކީ ރޮމޭންޓިކް މީހެއް ނޫނެވެ.

 

ނުރަސްމީ ގަޑި ޕްރޮގްރާމަށް ރިޔާޒުގެ އަންހެނުން ނަދާ އިންޓަރވިއު ދެނީ

 

ޕްރޮގްރާމްގެ ޕްރޮޑިއުސަރ އަދި ޕްރެޒެންޓަރު މުހައްމަދު ވިސާމް ބުނި ގޮތުގައި ރިޔާޒު އަކީ ރޮމޭންޓިކް މީހެއްތޯ ނޫންތޯ ނިންމާނީ ބެލުންތެރިން ކަމަށެވެ.

ރަސްމީ ގަޑި ނިމުމަށް ފަހު ހުސްވަގުތުތަކުގައި ރިޔާޒު އަކީ ދޫނި ގެންގުޅޭ މީހަކަށެވެ. ގޭގައި ގުރާ ކޮއްޓެއް ހުންނަ އިރު، ދަރިއެއް ދެކެ އޭނާވާ ލޯބި ގެއްގުޅޭ ދޫނިތައް ދެކެ ވެއޭ ބުނުން ދޮގަކަށް ނުވާނެވެ. 

 

ހުކުރު ދުވަހުގެ މެންދުރުގެ ކެއުމުގައި މާލޭގައި ދިރިއުޅޭ ތ. ތިމަރަފުށީ މާޖެހިގޭގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވާއިރު، ރިޔާޒުގެ ބޭބެ ޕްރޮގްރާމަގައި ދީފައިވާ އިންޓަރވިއުން ރިޔާޒުގެ ޅައުމުރުގައި ދިމާވެފައިވާ ކަންތަށް ތަކުގެ މައުލޫމާތު ގެނެސްދެވޭނެވެ. ފުލުހުންގެ މުއައްސަސާއާ ރިޔާޒު ގުޅެން ޖެހުނީ ކީއްވެގެންތޯ އާއި ރިޔާޒުގެ ބައްޕަ ދުނިޔޭގައި ހުރި އިރު ތިމަރަފުށީގައި އޭނާ ދިރިއުޅެމުން ދިޔަ ގޮތުގެ ވާހަކަ އެނގިގެންދާނެ އެވެ. 

 

ރިޔާޒު އަކީ ގޭގައި ދޫނި ގެންގުޅޭ މީހެއް ، އެނާ އެކަން ކުރަނީ ހޮބީއެއްގެ ގޮތަށް

 

ނުރަސްމީ ގަޑީގައި މިޕްރޮގްރާމްގައި ބައިވެރިވާ މީހަކާއި މަސައްކަތެއް ހަވާލުކުރެވެ. ރިޔާޒާ ކަންމަތި ފިހާރައެއް ބަލަހައްޓަން ހަވާލުކުރުމުން އޭނާ ފިހާރާގައި ކުރާ ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ. 

 

ޕްރޮގްރާމްގެ ޕްރޮޑިއުސަރު ވިސާމް ބުނި ގޮތުގައި އެފަދަ މަސައްކަތެއް ކުރުމަށް ރިޔާޒު އާއި ހަވާލުކުރީ އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީމައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމަލީ ގޮތުން ފިހާރައެއްގެ ސޭޓް ކަން ކުރުމުން ތަކެތީގެ އަގަށް އައިސްފައިވާ ބަދަލު ޕްރޮގްރާމަގައި ބައިވެރިވުމުން ދެނެގަނެވޭނެތީއެވެ. ގިނަ ރައްޔިތުންނާއި އެނާއާއި ދިމާވުމުން ތަކެތީގެ އަގުތަކާއި ގުޅޭގިތުން ހުރި ކަންބޮޑުވުން ވެސް ހިއްސާކުރާނެވެ.

 

ރިޔާޒު ނުރަސްމީ ގަޑި ޕްރޮގްރާމްގައި ކަންމަތީ ފިހާރައެއްގައި މަސައްކަތް ކުރަނީ

 

ސުވާލަކީ ރިޔާޒަށް ފިހާރެއްގެ ސޭޓްކަން ކުރެވިދާނެތޯއެވެ. މިރޭގެ 11:00 އަށް އިންތިޒާރުކޮށްލައްވާށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 މެއި 2017 | ހޯމަ 02:42
މުހަންމަދު
ކަލޭމެން ބާޢީއެގޮވި ކަލޭގެ ތިފަޅިޔަށް އަރާ،ކަލޭމެންގޮވި މަނީމަނީ އިން ކަލެމެނާށް ޚަރަދު ކުރަން ފެށިމާ،ހީރޯއަކަށް ހަދާ،އެސޮރުލައްވާ ތި މޮޔަހައްދަނި ތައެވެ، މާތްﷲ ދުވަހަކުވެސް ދެން ކަލޭމެނަށް ވެރިކަމާހަމޔަކަށް އައުމަކަށް އިރާދަކުރއްވިއްޔާ މިންވަރު ނުކުރއްވާދެވެ.
28 މެއި 2017 | އާދީއްތަ 19:02
Cade
Kalogayaa thiothee intelligence report faalhuvefa
28 މެއި 2017 | އާދީއްތަ 15:36
its me
Thihthey ennu... thikan waane... abadhuwexx kuri kamekey thee