ކ. މާލެ
|
24 ނޮވެންބަރ 2021 | ބުދަ 07:57
މާލޭ އުސްފަސްގަނޑު ސަރަހައްދު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
މާލޭ އުސްފަސްގަނޑު ސަރަހައްދު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަންގާރަ ދުވަހު 123 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 19 މީހުން
އަތޮޅުތެރެއިން 87 މީހުން ޕޮޒިޓިވްވި

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން 123 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 3،516 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، އޭގެތެރެއިން 123 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 87 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހުންނެވެ.

އިތުރު 123 މީހުން ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 90،944ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1،968 އެވެ. އޭގެ ތެރެއިން 19 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލީގައި 248 މީހުން ނިޔާވިއިރު، 88،715 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.


Advertisement
- ކޮމެންޓް