ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 21:36
ގެފުޅު
ގެފުޅު
ވިކިމީޑިއާ
ރަމަޟާން 1438
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟
ގެފުޅު ދޮވުމަށް ޚާއްސަ ދުވަހެއް ކަނޑައަޅާ މާކުރިން ތައްޔާރުތައް ވާން ފަށާ

ގެފުޅު ދޮވުމަކީ އާދަކާދައިގެ ތެރެއިން ހިނގަމުން އަންނަ ޒަމާންވީ ކަމެކެވެ. ގެފުޅު ދޮވެ ރީތި ކުރުމަކީ ދުރާލާ ރޭވިގެން އެކަމަށް ވަކި ތާރީޚެއް ކަނޑައެޅިގެން އަދި އިއްޒަތްތެރީން ޝާމިލްވާ ގޮތައް ގިނަ ބައެއްގެ ބައިވެރިވުމާއެކު ބޭއްވޭ ރަސްމިއްޔާތެކެވެ. ގެފުޅު ދޮވުމަށް ކަނޑައަޅާ ދުވަހުގެ ކުރީ ދުވަހު ތައްޔާރީތައް ފަށައެވެ.

ގެފުޅު ދޮވުމުގައި ފާރުތަކާއި، ތަޅުމާއި، ސީލިންއާއި ލޮޔާއި ބްރާސް އިން ހަދާފައިވާ ބައިތައް ފަރުވާތެރިކަމާއެކު އެކި ބައިތައް ވަކިވަކިން ސާފު ކުރެއެވެ. ލޮޔާއި ބްރާސް އިން ހަދާފައިވާ ބައިތައް ސާފު ކުރުމުގައި އޭގެ އޮފް ކަމަށް ބަދަލެއް ނާންނާނެ ގޮތައް އެކަން ކުރެއެވެ.

މިކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު، ކައުބާގެ އެތެރެ ފާރުތައް ދޮންނަނީ ޒަމްޒަމް ފެނުން ހުދު ފޮތި ތެންމުމަށްފަހު ފާރުތަކުގައި ތެތް ފޮތި އުނގުޅައިގެންނެވެ.

އެތެރޭގެ ފާރުތައް ސާފު ކުރަން ބޭނުން ކުރާ ހުދުފޮތީ ތެންމާ ޒަމްޒަމް ފެނުގެ ތެރެއަށް ހުންނަނީ ފިނިފެންމަލާއި، ގޮމަކަސްތޫރި ހުވަނދު އަޅާފައެވެ. އެތެރޭގެ ފާރުތައް ދޮވެ ނިމުމުން ރަސްމިއްޔާތުގައި ބައިވެރިވި ޚާއްސަ މެހުމާނުން ނުކުންނެވުމުން ދެން އޮންނަނީ ތަޅުން ދޮވުމެވެ. ތަޅުން ދޮވުމަށް ބޭނުން ކުރަނީ ފިނިފެންމަލުގެ ހުވަނދުން މީރުވަސް ދުއްވާފައިވާ ޒަމްޒަމް ފެނެވެ. ތަޅުމަށް އަޅާ ފެން ފޮހެނީ އަތުންނާއި، ކަދުރު ފަނުންނެވެ.

އާއްމު ގޮތެއްގައި ކައުބާ ދޮވުމުގެ ކަންކަން ދެ ގަޑީއިރެއްހާ ވަގުތުގެ ތެރޭގައި ފުރިހަމަ ކުރެއެވެ.

ކައުބާގެ އެތެރެފާރުގެ ދިގުމިނުގައި ހުންނަނީ ތިން މީޓަރެވެ. އަދި ފުރާޅުގެ އެތެރެ ފަރާތް ހުންނަނީ ފެހިކުލައިގެ ފަށުވިން ނިވާކޮށްފައެވެ.  

ކައުބާ އާއި ވަށައިގެންވާ ސަރަހައްދު ސާފު ކުރުމުގައި 1900 މީހުން ހަރަކާތްތެރިވެއެވެ. އަދި އެކަން ބެލެހެއްޓުމަށް 190 އިދާރީ މުވައްޒަފުން ތިބެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް