ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 22:26
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ޕޮޒިޓިވްވީ 96 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 18 މީހުން
އަތޮޅުތެރެއިން 72 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 96 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 4،083 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 96 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާ، އަތޮޅުތެރެއިން ޕޮޒިޓިވްވި 72 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހުންނެވެ.

އިތުރު 96 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 90،821ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1،984 އެވެ. އޭގެ ތެރެއިން 16 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިބަލީގައި 248 މީހުން ނިޔާވެފައިވާއިރު، 88،576 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.


Advertisement
- ކޮމެންޓް