ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 16:42
ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވުން
ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވުން
ރައީސް އޮފީސް
ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގަތުން
ނައިބު ރައީސް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގެންފި
މުހިންމު މުއައްސަސާތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ބަންގްލަދޭޝްގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވެެއެވެ.

މި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމެންޓް ޢިމްރާން އަޙްމަދު، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޑިޕޫ މޯނީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 24 ނޮވެންބަރު ގައެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް