އައްޑޫ ސިޓީ
|
22 ނޮވެންބަރ 2021 | ހޯމަ 08:31
އައްޑޫސިޓީ
އައްޑޫސިޓީ
ފޭސްބުކް
ސްރީލަންކަން އެއަރލައިންސްގެ ލަކީ ޑްރޯ
ދެމީހަކަށް ލަންކާ ދެކޮޅު ޓިކެޓް ލިބޭ ލަކީ ޑްރޯއެއް ސްރީލަންކަން އެއަރލައިންސްގެ ފޭދޫ އޮފީހުން ފަށައިފި
ލަކީ ޑްރޯގައި ބައިވެރިވެވެނީ ފޭދޫގައި ހުންނަ ސްރީލަންކަން އެއަރލައިންސްގެ އޮފީހަށް ގޮސް ރަޖިސްޓްރީވުމުން

ކޮވިޑް 19އާއި ގުޅިގެން ބަންދުކުރުމަށްފަހު ސްރީލަންކަން އެއަރލައިންސްގެ އައްޑޫ އޮފީސް އަލުން ހުޅުވުމުގެ ގޮތުން ލޮކޭޝަން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްރީލަންކަން އެއަރލައިންސާއި އޭސް އޭވިއޭޝަނުގެ ޓްރެވެލް އޮފީސް ވެސް އަންނަ ޑިސެންބަރު 1 ގައި ރަސްމީކޮށް ހުޅުވަން ތައްޔާރުވަމުންދާ އިމާރާތް ހުންނަ ތަން ގިނަ ބަޔަކަށް އަންގައި ދިނުމުގެ ގޮތުން ފެށި މިޕްރޮމޯޝަނުގައި އެތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވެއެވެ.

އެ ދެ އޮފީސް ހުޅުވަން ހަމަޖެހިފައިވާ ސ.ފޭދޫ ބީޗްރޯޑު "މިފްރާ" އަށް ޒިޔާރަތްކޮށް ލަކީޑްރޯގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް ކޮލަންބޯ - ގަން ދެކޮޅު ޓިކެޓް ދެ މީހަކަށް ލިބެއެވެ. ގުރުއަތު ނެގުން އޮތީ އަންނަ ޑިސެންބަރު 15 ވާ ބުދަ ދުވަހުއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް އޭސްއޭވިއޭޝަން ސާވިސަސް މޯލްޑިވްސް އިން ވަނީ ޑިސެންބަރު 4ގައި ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ފަށާކަން އިޢުލާންކޮށްފައެވެ. މިފްލައިޓުން ދަތުރުކުރުމުގެ ރިޒަވޭޝަން ނޮވެންބަރު 4ން ފެށިގެން ހުޅުވާފައިވާއިރު ގޭން-ކޮލޮންބޯ ދެކޮޅު ޓިކެޓްގެ އަގަކީ 270 ޑޮލަރެވެ. ގޭން-ޑުބާއީ ދެކޮޅު ޓިކެޓްގެ އަގު 486 ޑޮލަރަށް ހުރިއިރު ގޭން-ޑާކާ ދެކޮޅު ޓިކެޓްގެ އަގަކީ 372 ޑޮލަރެވެ. އަދި ގޭން-ކަތުމަންޑޫ ދެކޮޅު ޓިކެޓްގެ އަގަކީ 640 ޑޮލަރެވެ.

މިފަހަރު ސްރީލަންކަން އެއަރލައިންސުން އައްޑުއަށް ދަތުރު ފަށަނީ ހުވަދޫ ކަނެކްޝަނާވެސް އެކުގައެވެ. އެގޮތުން ހުވަދުއަތޮޅުގެ ރަށްތަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޝެޑިއުލާއި ދިމާވާގޮތަށް ދަތުރު ތާވަލް ހަމަޖެހިފައިވާ ކަމަށް އޭސް އޭވިއޭޝަނުން މަޢުލޫމާތު ދެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް