ކ. މާލެ
|
20 ނޮވެންބަރ 2021 | ހޮނިހިރު 23:03
2019 ވަނަ އަހަރު ބޭއްވި ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގުރާމުގެ ތެރެއިން
2019 ވަނަ އަހަރު ބޭއްވި ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގުރާމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޓްރެއިނިންގ ޕްރޮގްރާމް
ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި
ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން

ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޯސް ކޯޑިނޭޓަރ ރިޔާޝް ރިޔާޒް ވިދާޅުވީ، ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އެ ދުވަހުގެ ކުރިން ޕްރޮގްރާމަށް ފައިސާ ދައްކާނަމަ ޚާއްސަ އަގެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން 150 ޑޮލަރަށް ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮގްރާމުގެ އަސްލު އަގަކީ 200 ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ހެނދުނު 8:00ން އިރުއޮއްސި 6:00ށެވެ. އަދި ޑިސެމްބަރު 5 ވަނަ ދުވަހު މެންދުރު ފަހު 1:00ން އިރުއޮއްސި 6:00ށް ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފިޓްޒޯނުން ބުންޏެވެ.

މި ޓްރެއިނިންގގައި ބޮމްބޭ ޖޭމްގެ އިންސްޓްރަކްޓަރަކަށް ވުމަށް ހުންނަން ޖެހޭ ކަންތައްތައް ދަސްކޮށްދެވޭއިރު، ކްލާހެއް ކުރިއަށް ގެންދާނެ ގޮތްތަކާއި ޓްރެއިނިންގް ހޯދަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާނެ ގޮތް ދަސްކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. ބޮލީވުޑްގެ ރަހަތަށް އެކުލެވޭ މި ޕްރޮގްރާމުގައި ބޭނުން ކުރެވެނީ ވެސްޓަރން އަދި ބޮލީވުޑްގެ އެންމެ މަގުބޫލު ލަވަތަކެވެ.

މި ޓްރެއިނިންގ ނިންމާ ފަރާތްތަކަށް އިންސްޓްރަކްޓަރ ހުއްދަ ލިބެއެވެ. އަދި ބޮމްބޭ ޖޭމްގެ ކްލާސްތައް ނަގައިދިނުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ފިޓްޒޯނުން 2019 ވަނަ އަހަރު ވެސް ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމު ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެ ދުވަހަށް އޭރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 16 ފަރާތަކުން ބައިވެރިވިއެވެ.

ރިޔާޝް ވިދާޅުވީ އޭރު ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކުން މިހާރު އެކި ޖިމްތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް