ކ. މާލެ
|
17 ނޮވެންބަރ 2021 | ބުދަ 22:42
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތެރެއިން 111 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 18 މީހުން
ރިސޯޓުތަކުން ޕޮޒިޓިވްވީ 20 މީހުން

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތެރެއިން 111 މީހުން ކޮވިޑް-19 ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 4،045 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 149 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 111 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހުންނެވެ.

އިތުރު 149 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 90،266ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 2،150އެވެ. އަދި އޭގެ ތެރެއިން 9 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އާދެއެވެ. ރާއްޖެއިން މި ބަލީގައި 248 މީހުން ނިޔާވެފައިވާއިރު، 87،855 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.


Advertisement
- ކޮމެންޓް