ރ. ދުވާފަރު
|
16 ނޮވެންބަރ 2021 | އަންގާރަ 16:04
ދުވާފަރުގައި ތިބި ހަކުރުބަލީގެ މީހުންނަށް ނިލަންދޫ ޖަމްޢިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކުރުން
ދުވާފަރުގައި ތިބި ހަކުރުބަލީގެ މީހުންނަށް ނިލަންދޫ ޖަމްޢިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކުރުން
ފޭސްބުކް
ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުން
ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް ނިލަންދޫ ޖަމްއިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކޮށްފި
މި ޕްރޮގްރާމްގެ ދަށުން 100 ގުލްކޯމީޓަރު ވަނީ ހަދިޔާކޮށްފައި

ފ.ނިލަންދޫގެ ކްލަބް ޖަމްއިއްޔާތަކުން އިންތިޒާމުކޮށްގެން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ.ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް 100 ގުލްކޯމީޓަރު ހަދިޔާކޮށްފިއެވެ.

މިހަރަކާތަކީ ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ނިލަންދޫގެ ކްލަބް ޖަމިއްޔާތަކުން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ.ދުވާފަރާއި ފ.ނިލަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ހޯމަދުވަހު ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

ނިލަންދޫ ކްލަބް ޖަމްއިއްޔާތަކުން އިންތިޒާމުކޮށްގެން ދުވާފަރު ސިއްހީ މަރުކަޒާއި ދުވާފަރު ކައުންސިލާއި ގުޅިގެން އަންގާރަދުވަހުގެ ހަވީރު ދުވާފަރު ޕްރީސްކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދެވިފައިވަނީ ހަކުރުބަލީގެ މީހުންނަށް ފަސޭހަކަމާއެކު ގޭގައި ތިބެގެން ޓެސްޓް ކޮށްލެވޭނެ ގުލްކޯމީޓަރު ހަދިޔާ ކުރުމުގެ ހަރަކާތެވެ. މިގޮތުން 100 ގުލްކޯ މީޓަރު ދުވާފަރު ސިއްހީ މަރުކަޒާއި ހަވާލު ކުރެވުނެވެ. އަދި ހަކުރު ބައްޔަށް މީހުން ސްކްރީން ކުރުމަށް ބޭނުންވާ 500 ސްޓްރިޕް ދުވާފަރު ހަދިޔާ ކުރެވިފައިވެއެވެ. އެއަށްފަހު ހަކުރުބަލީގެ މީހުންނަށް ކޮންމެހެން އެނގެން ޖެހޭ ކަންކަމާއި ގުޅުންހުރި މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވިފައިވެއެވެ. އޭގެ އިތުރުން ދުވާފަރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެންވެސް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިޔަށް ގެންދެވިފައެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ސްޕޯރޓްސް ކްލަބާއި ޖަމްއިއްޔަތުއް ޝަބާބު ނިލަންދޫއާއި، ނިލަންދޫ ޔަންގް ޖެނެރޭޝަނާއި، ސުޕަރ ޖެނެރޭޝަން ކްލަބާއި، ޑޯން ޖަމްއިއްޔާއާއި، ފ.އަތޮޅު ކައުންސިލާއި، ނިލަންދޫ ކައުންސިލް އަދި ފ.އަތޮޅު ހޮސްޕިޓަލާއި، ނިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ފ.ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް