ހދ.ނެއްލައިދޫ
|
15 ނޮވެންބަރ 2021 | ހޯމަ 16:59
ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ހދ ނެއްލައިދޫ ބަނދަރުގެ މަޝްރޫއު
ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
 
ނެއްލައިދޫ ބަނދަރުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު
 
ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 91 އިންސައްތަ މަސައްކަތްވަނީ ނިމިފައި

ހދ ނެއްލައިދޫ ބަނދަރު ތަރައްގީކުުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ. ނެއްލައިދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

ސަރުކާރުން ނެއްލައިދޫގައި ފުރަތަމަ ބަނދަރެއް ހަދަން ފަށާފައިވަނީ 2011ވަނަ އަހަރުއެވެ. 400 ފޫޓްގެ މިބަނދަރު ނިންމައި، 2016 ވަނަ އަހަރު އެރަށުގެ ރައްޔިތުން ވަނީ އެބަނދަރުގެ ޚިދުމަތް ހޯދަންފަށާފައެވެ. އެހެން ނަމަވެސް މިބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބުނީ ކުޑަދުވަސްކޮޅަކަށެވެ. ބަނދަރަށް ވެލިވަދެ ބަނދަރު ބޭނުން ނުކުރެވޭވަރަށް ތިލަވެގެން ދިޔައެވެ. މިއާއެކު އަނެއްކާވެސް ރައްޔިތުންނަށް ލަފާފުރުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. 2 އަހަރު ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވި ދިއުމަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުންވަނީ ނެއްލައިދޫގެ ބަނދަރު ފުންކޮށް، ރައްޔިތުނަށް ބޭނުންކުރެވޭގޮތްހަދާދީފައެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި، މިހާރު ކުރިއަށްދާ ބަނދަރު މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިޔަށް ދަނީ އެއްގަމުތޮށިލުމުގެ މަސައްކަތާއި ހާބަރ ޕޭމަންޓް ހެދުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެވެސް 97 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި ބޭރުތޮށިލުމުގެ މަަސައްކަތުގެ 84 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް އެފަރާތުން މައުލޫމާތުދެއެވެ. މީގެއިތުރުން މުޅި މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށްވެސް އެފަރާތުން އެމްޓީސީސީން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް