ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 07:06
ބަރނާޑޯ ސިލްވާ ވަނީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފައި
ބަރނާޑޯ ސިލްވާ ވަނީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފައި
ބީބީސީ
ޓްރާންސްފަރ ބާޒާރު
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
ސިޓީއަށް ކުޅެން ފަށާނީ ޖުލައި 1ގައި

ފްރާންސްގެ މޮނާކޯއަށް ކުޅެމުން އައި ބަރނާޑޯ ސިލްވާ 43 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

މިހާރު މިހުރީ އެންމެ މޮޅު އެއް ކްލަބްގައި ކަމަށް ސިޓީ އަށް ސޮއިކުރުމަށްފަހު، ނެރުނު ބަޔާނުގައި ސިލްވާ ބުނެފައިވެއެވެ.

އުމުރުން 22 އަހަަރުގެ ސިލްވާ ސިޓީއަށް ކުޅެން ފަށާނީ ޖުލައި 1ގައި ކަމަށް ސިޓީ އިން ބުނެފައިވެއެވެ.

މި ސީޒަންގައި ސިލްވާ ވަނީ މޮނާކޯއަށް 58 މެޗު ކުޅެދީ، 11 ގޯލް ޖަހައިދިނުމުގެ އިތުރުން، 12 އެސިސްޓް ފޯރުކޮށްދީފައެވެ. މި 58 މެޗުގެ ތެރެެއިން ދެ މެޗަކީ މިހާރުގެ ކްލަބް މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާއެކު މަސައްކަތްކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ގާޑިއޯލާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުމުން، އެކަމަށް ނޫނެކޭ ބުނާނެ އެކަކުވެސް ނުހުންނާނެ ކަމަށް ސިލްވާ ބުންޏެވެ.

މި ސީޒަންގެ ފްރެންޗް ލީގްގެ ސެމީ ފައިނަލަށް މޮނާކޯ ގެންދިޔުމުގައި ސިލްވާ ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

ސިޓީ މި ސީޒަން ނިންމާލީ ޕްރެމިއަރ ލީގްގެ ތާވަލްގެ ތިން ވަނައިގައެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ސިޓީއިން ނަގާ ސްކޮޑްގައި ސިލްވާ ހިމަނާނޭ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް