ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 10:56
އިދިކޮޅު ކޯލިޝަނުން ޕީޖީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން
އިދިކޮޅު ކޯލިޝަނުން ޕީޖީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން
ޕީޕީއެމް
އިދިކޮޅު ޕާޓީތައް
އިދިކޮޅު ޕާޓީތަކެއްތަ؟ ނޫނީ އިންތިޚާބުން ބަލިވި މީހުންތަ؟
 
ފެންނަ ފެނުމަށް ޕީޕީއެމް ޕީއެންސީ އޮޕަރޭޓްވަނީ އެއްފުރާޅެއްގެ ދަށުން
 
އެމްއެންޕީއަކުން ޕީޕީއެމްއާ އެއްގަލަކަށް ނާރާ
 
ޖާބިރުގެ ވާހަކަތައް ހުންނަ ގޮތުން ޑީއާރުޕީއަކީ ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށް ބުނަން ދަތި

ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަސައްކަތަކީ ރަނގަޅު ސިޔާސަތުތަކެއް ވިއްކައިގެން ވެރިކަމަށް އައުމެވެ. ކުރަމުންދާ ވެރިކަން ދިފާއު ކުރުމެވެ. ވެރިކަމުގައި ނެތްނަމަ އެއިރަކު އޮންނަ ސަރުކާރެއްގެ ދޯހަޅި ކަންތައްތައް ރައްޔިތުންނަށް ހާމަކޮށްދީ ވެރިކަމަށް އާދެވުނީމާ ތިމަންމެންގެ ޕާޓީން ކަންކުރާނެ މޮޅުގޮތް ބުނެދިނުމެވެ.

އެބީދައިން އިދިކޮޅުގައި ނުވަތަ ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީތައް އެއިރު އޮންނަ ސަރުކާރަކަށް އިންތިހާއަށް ފާޑު ކިއުމަކީ މައްސަލައެއް ނޫނެވެ. އެއީ އެކަން ކުރާންވެސް ޖެހޭނެ ގޮތެވެ. އެއީ އެމީހުންގެ މައިގަނޑު ޒިންމާއެވެ. އެމަގުން ބަލާއިރު މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން އެކުރާ މަސައްކަތް ގޯހެކޭ ބުނެވޭކަށްނެތެވެ. އެކަމަކު އެވެރިން "ބުނާ" އެއްޗަކާމެދު ހަމަ ވިސްނާލަން ޖެހުނީއެވެ.

"އިދިކޮޅު ކޯލިޝަން"އެވެ. "ސަރުކާރާ އިދިކޮޅު ޕާޓީ" ތަކެވެ. މިއީ ޕީޕީއެމާއި ޕީއެންސީން މިފަހަކަށް އައިސް އެންމެ ގިނައިން ބޭނުންކުރާ އެއްބަހެވެ. ނުވަތަ ސްޓޭޓްމަންޓް ތަކުގެ މައިގަނޑެވެ.

މިބަހަށް ވިސްނާލާއިރު ފާހަގަ ކުރެވޭ އެއްކަމެއް އެބައޮތެވެ. އިންތިޚާބުތަކުގައި ވާދަކުރާނަމަ މޮޅެއް ވިއަސް އަދި ބައްޔެއް ވިއަސް އެއީ "ގިނިކަންޏާ" އެވެ. އެހެން ހުރިހާ ޕާޓީތަކާ ވާދަކޮށް އެވާދަކުރި ކެންޑިޑޭޓަކަށް ގިނިކަންޏާ ލިބުނު ކާމިޔާބެކެވެ. އެކަމަކު ކަމަކަށް އިހުތިޖާޖް ކުރުމަށް ނުވަތަ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގައި އިދިކޮޅު ކޯލިޝަނެވެ. ސަރުކާރާ ދެކޮޅު ޕާޓީތަކެވެ. ޕީޕީއެމާއި ޕީއެންސީއެވެ.

ފެންނަ ފެނުމަށް އަދި ހަރަކާތްތަކުން އެއްބައެކެވެ. އެއްފުރާޅެއްގެ ދަށުގައި އޮޕަރޭޓްވާ ދެ ނަމެކެވެ. އެއްބަޔަކު ހިންގާ ދެޕާޓީއެކެވެ. ތަފާތަކީ ދެނަމެއް ކިއުމެވެ. މިއީކީ އެކަން ދެނެގަންނާން ދިރާސާއެއްވެސް ހަދާން ޖެހޭވަރުގެ ކަމެއް ނޫނެވެ.

އަދުގެ ސަރުކާރު ހިންގަނީ ކޯލިޝަނަކުންނެވެ. އެކޯލިޝަނުގެ ބޭރުން އެބުނާ ޕީޕީއެމާއި ޕީއެންސީ ނޫން ބަޔަކަށް އިތުރު ޕާޓީއަކަށް އޮތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީއެވެ. މާގިނަބަޔަކު ނެތް އެޕާޓީއަކީ ސަރުކާރާ ދެކޮޅު ޕާޓީއެއްތޯ ނުވަތަ އެއްކޮޅު ޕާޓީއެއްތޯ ނިންމަން ދައްޗެވެ. އެއީ އެޕާޓީގެ ލީޑަރު ޖާބިރުގެ ވާހަކަތައް އެކިފަހަރު ހުންނަ ގޮތުންނެވެ. ދެން އެކްޓިވްކޮށް މަސައްކަތް ކުރާ ހުރިހާ ޕާޓީތަކަކީވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކެވެ. ދާދިފަހުން އުފެދުނު އެމްއެންޕީއަކީވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ތެރެއިން އުފަންވި ޕާޓީއެވެ. އަދި އެޕާޓީންވެސް ޕީޕީއެމް ޕީއެންސީއާ އެއްގަލަށް އަރައިގެން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. ރައީސް ޔާމީނާއެކު 2013 ގައި ވެރިކަންކުރި ޕީޕީއެމް ކޯލިޝަންގައި ހިމެނުނުނަމަވެސް ސަން ޝިޔާމްގެ އެމްޑީއޭވެސް ޕީޕީއެމް ފަޅިއަކުން ނުފެނެއެވެ. ހާރަކަށްވެސް ތަރާވީހަކަށްވެސް ދެން އޮތީ ގިނިކަންޏާ ހުންނެވި އުމަރު ނަސީރެވެ. ބައެއް ނޫސްތަކުގެ ސުރުޚީތަކަށް އަރާލާވަރަށް ސަރުކާރާދިމާލަށް ގާ ގަނޑެއް އެއްލިނަމަވެސް އޭނާއާއި ޕީޕީއެމް ޕީއެންސީއަކީ ފެނާއި ތެލެވެ.

ބުނާން މިއުޅެނީ ބައިގިނަކޮށްލަން އިދިކޮޅު ޕާޓީތަކޭ ބުންޏަކަސް އޭގެ މަންޒަރު ތަފާތުކަމެވެ. ރައްޔިތުންނަށް މީސްކޮޅު ގިނަކަން އަންގާލަން ބޭނުން ކުރިއަސް އެކަން ނޭނގޭ މީހަކު ނެތްކަމެވެ. ބޭރުގެ ފަރާތްތަކަށް ފޮނުވާލެވޭ ސިޓީ ބިޓީތަކާއި އުނދަގުލުން ނަމަވެސް ބައްދަލުކޮށްލެވޭ ބޭރުގެ މިޝަންތަކުގައި ތިމަންމެން މިއީ އިދިކޮޅު ޕާޓީތަކޭ ބުންޏަސް ހަގީގަތަކީ އެއް ބައެއް ކަމެވެ.

ބަޔަކު އެނަން އެގޮތަށް ބޭނުން ކުރިކަމުގައިވިއަސް ހަގީގަތަކީ އިދިކޮޅު ޕާޓީއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުން ބަލިވި މީހުންނެވެ. ކުރީގެ ސަރުކާރެވެ. އެއާގޮސް ގުޅުނީ ދެންވެސް ފެއިލްވި ބައެކެވެ. އަމުދުން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބު ތަކުންވެސް ކުރިއެއް ނުލިބުނު ދޮޅަހަކަށް މީހުންނެވެ. ޕާޓީތަކުން ޓިކެޓް ނުލިބުނީމާ އަމިއްލަ ގޮތުންވެސް ވާދަކޮށް ރައްޔިތުން ބަލައި ނުގަތުމުން ޕްލެޓްފޯމަކަށް އަރާންވެގެން އަރާތިބި އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބައެކެވެ. އެއްވެސް ބަޔަކާއެކު ނޫޅެވުނު ދެތިން މީހެކެވެ. މިއީކީ މާބޮޑު އިދިކޮޅެއް ނޫނެވެ. މިއީކީ ފަހަރެއްގައިވެސް ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ އަދަދު މަދެކޭ ބުނަނީކީއެއް ނޫނެވެ. ހިތްވަރެއް ހުރެގެން ދެން އޮންނަ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެއެކޭވެސް ނުމެ ނޫންމެއެވެ. އަދި އިހު ވެރިކަމުގައި ތިބެ ހިންގުނު ކަންކަމާއި ކުރިއްޔާ ކުރެވިފައި އޮތްކަމަކުން ލިބުނު އަދަބަކުން ރެކެން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވާހަކަ ދައްކާން ޖެހިލުންވާނެހާ ގަޓެއް ނެތް ބައެކޭވެސް ބުނަނީކީއެއް ނުމެ ނޫންމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
25%
25%
50%
ކޮމެންޓް
14 ނޮވެންބަރ 2021 | އާދީއްތަ 13:04
އަލީ
ޢަބްދުއްރަހީމް އަދި އޭނާގެ އާއިލާގެ ކިބައިން ޕީޕީއެމް ސަލާމަތް ކޮށްދިނުމަށް ޕީޕީއެމްގެ ޢާންމުންނަށް ގޮވާލަން.
ގުޅުންހުރި
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި