ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 01:55
ރައީސް ޓްރަމްޕް އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޓްރަމްޕް އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ވާހަކަފުޅު ދައްކަވަނީ
ގޫގުލް
ރަމަޟާން 1438
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
ޓެރަރިޒަމްގެ އަމަލުތަކަކީ ރޯދައިގެ އަޅުކަމުގެ ރޫހާ މުޅިން ޚިލާފް ކަމެއް

މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ މުސްލިމުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވައިފިއެވެ.

ރައީސް ޓްރަމްޕް މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވީ ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައެވެ.

ހުކުރު ދުވަހު ފޮނުއްވި ރައީސް ޓްރަމްޕްގެ މެސެޖްގައި ރޯދައިގެ އަޅުކަމުގެ ރޫހަކީ، ހަމަނުޖެހުންތަކަށް ފުރަގަސް ދިނުމާއި، ސުލްހަ ގާއިމް ކުރުމާއި، ފަގީރު ކަމާއި ހަމަނުޖެހުންތަކުގައި ތާށި ވެފައިތިބި މީހުންނަށް އެހީތެރިވެ ދިނުން ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޓްރަމްޕްގެ މެސެޖްގައި ދާދިފަހުން އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށާއި މިސްރަށް ދިން ޓެރަރިސްޓް ހަމަލާއަށް އިޝާރާތް ކުރައްވާ، އެފަދަ ހަމަލާތަކަކީ ރޯދައިގެ އަޅުކަމުގެ ރޫހާ މުޅިން ޚިލާފް އަމަލުތައް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ހުސްވި ހަފްތާގައި ސައުދީ އަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވާ، އެ ދަތުރުފުޅުގައި މުސްލިމް ގައުމުތަކުގެ ފަންސާހަށް ވުރެ ގިނަ ލީޑަރުންނާ ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކީ، ގައުމުތައް ގުޅިގެން ސުލްހަ ކުރިއެރުވުމާއި، ރައްކާތެރިކަން އިތުރުކުރުމާއި، ރައްޔިތުންގެ ފާގަތިކަން އިތުރު ކުރެއްވުން ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އެމެރިކާ އޮންނާނީ ޓެރަރިޒަމްއަށް ނޫނެކޭ ބުނާ ގައުމުތަކާ އެކުގައި ކަމަށް ސައުދީ އަރައްބިއްޔާގައި އެމަނިކުފާނު ވިދާޅުވި ވިދާޅުވުން މި މެސެޖްގައި ތަކުރާރު ކުރައްވާކަން ފާހަގަ ކުރައްވަފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް