ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 00:25
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު
ފޭސްބުކް
މާލޭ ލީގު
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
ޔޫވީ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުން
ޒުވާން ކުޅުންތެރިންގެ ކުޅުން ބަލައިގަންނަން

ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި މައްސަލަ ދިމާވީ އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހް ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނަޒީހު ބުނީ ފުޓުބޯޅަ އަކީ ވަރަށް ފިޒިކަލްކޮށް ކުޅޭ ގޭމެއް ކަމަށާއި، ގަޔާ ގަޔާ ނުޖެހި އަންހެނުން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

ނަޒީހު ބުނީ ދަނޑު މަތީގައި ޔޫވީގެ ކުޅުން ރަނގަޅު ނަމަވެސް ކުޅުންތެރިން ބޯޅަ ބޭނުންވެގެން އުޅެން އެބަޖެހޭ ކަމަށާއި، އެގޮތުން ކުޅުންތެރިން އެ ކުޅުންތެރިންގެ ޒިންމާ ނަގާ ރަނގަޅު ފުޓުބޯޅައެއް މިހާރު ކުޅެން އެބަޖެހޭ ކަމަށެވެ.

ޒުވާން ކުޅުންތެރިންނަށް ތައުރީފްކުރަމުން ނަޒީހު ބުނީ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެގޮތުން މީގެއިން ދޭހަވަނީ ޒުވާން ކުޅުންތެރިންނަށް ނެރެވެން އޮތް އެއްޗެއް ނެރެން ފުރުސަތު ދޭން ޖެހޭ ކަން ކަމަށެވެ.

މީގެއިތުރުން ނަޒީހު ބުނީ މެޗު އެއްވަރުވަންދެން ޔޫވީ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި، އެހެންނަމަވެސް ނަތީޖާ އެއްވަރުވުމާއެކު ކުޑަކޮށް ހަމަޖެހިލިތަނާ ވިކްޓްރީން އަނެއްކާވެސް އަނބުރާ ލީޑު ނެގީކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ފަސޭހަކޮށްނުލާންޖެހޭކަން ވިސްނަދޭންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަޒީހު ބުނީ ރެލިގޭޝަން ބުރު ކުޅެން ޖެހުނު ނަމަވެސް އެހިސާބަށްވެސް ޓީމަށްދެވޭނީ ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށާއި، ކޮންމެ މެޗަކުން ބަލިވަމުން ބަލިވަމުން ދިއުމާއެކު މޯޓިވޭޝަނަށް ބަދަލު އަންނާނެ ކަމަށެވެ.

ޔޫވީ މާލޭ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ބާކީ 8 މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 މެއި 2017 | ހުކުރު 20:19
ފިޒިކަލް މައި އެއްޗެއް
ނަޒީހު އަލުން ފުޓްބޯޅަ ދަސްކުރަން ފެނޭ. ނަޒީހު އިސްތިއުފާ!!!