ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 21:50
މަރާލި ނަރުސް މީހާއާއި އޭނާގެ ފިރިމީހާ
މަރާލި ނަރުސް މީހާއާއި އޭނާގެ ފިރިމީހާ
ފޭސްބުކް
ފިލިޕީންސް ނަރުސްމީހާގެ މައްސަލަ
ފިލިޕީންސް ނަރުސްމީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި، ފިރިމީހާގެ ބަންދަށް 15 ދުވަސް
 
މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނަރުސްމީހާގެ ފިރިމީހާ
 
ހަށިގަނޑު ފިލިޕީންސަށް ފޮނުވާލާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި
 
ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު މަރާލާފައިވާ ކަމުގެ ތުހުމަތާއެކު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވާއިރު، މިހާރު އެމީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފިލިޕީންސަށް ފޮނުވާލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ، އާއިލާއާ ހަވާލުކުރުމަށް ފިލިޕީންސަށް ހަށިގަނޑު ފޮނުވާލާފައިވަނީ ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އޭނާއަކީ އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުހެކެވެ. އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ އޭނާގެ ފިރިމީހާއެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހެކެވެ.

ނަރުސް މީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 29 އަހަރުގެ ފިލިޕީންސްގެ ފިރިހެނެެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް 28 އޮކްޓޯބަރުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އޭގެފަހުން އަނެއްކާވެސް ބުދަ ދުވަހު، ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން