ކ. މާލެ
|
26 މެއި 2017 | ހުކުރު 20:19
އެޓްލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން
އެޓްލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން
ސްކައި ނިއުސް
ޓްރާންސްފާ ބާޒާރު
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
އޭނާ ވަނީ އަންނަ ސީޒަނުގައި އެޓީމާއި އެކު އިތުރު ކާމިޔާތަށް ހޯދަން ބޭނުންވާ ކަމަށް ބުނެފަ
ގްރީޒްމަން އާއި އެކު ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓްތަށް ވަނީ ބުނެފަ

އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި އެންޓޮއިން ގްރޯޒްމަން އެޓީމުގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

 

ދާދި ފަހުން ފްރާންސްގެ ޓީވީ ޝޯއެއްގައި، އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ގްރީޒްމަން ބުނެފައި ވާއިރު، އެޓްލެޓިކޯގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވާގޮތުން، ގްރީޒްމަން ވަނީ އަންނަ ސީޒަނުގައި އެޓީމާއި އެކު އިތުރު ކާމިޔާތަށް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.

 

މި ޓްވީޓުގައި ވާގޮތުން، ގްރީޒްމަން ބުނެފައިވަނީ، މިސީޒަނުގައި ނެރެވުނު ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުރިއަށް އޮތް ތާގައިވެސް މި ޓީމާއިއެކު އިތުރު ކާމިޔާބީތަށް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މުޅި ޓީމުވެސް އޮތީ މި ސީޒަނުގައި ހާސިލް ކުރެވުނު ކަންތައްތަކާ މެދު ހިތްހަމަ ޖެހިފައި ކަމަށާއި، އެހެންކަމުން އަންނަ އަހަރަށް އާ ޓާގެޓް ކަކެއް ލަނޑައަޅައި މުޅި ޓީމު އެކގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަވެސް ގްރީޒްމަން ވަނީ ބުނެފައެވެ.

 

ކުރިއަށް އޮތް ހަފްތާތަކުގައި ފްރާންސްގެ ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގައި ކުޅުމަށް ގްރީޒްމަން ގައުމީ ޓީމާއި ގުޅޭނެ އެވެ. އެގޮތުން އެޓީމު ވަނީ، މި ފެށޭ ޖޫން މަހު އިންގްލޭނަޑާއި ދެކޮޅަށް އަދި، ޕަރަގުއާއި އާއި ސްވިޑެން އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައެވެ.

 

އިތުރަށް ވާހަކަ ދައްކަމުން ގްރީޒްމަން ބުނެފައިވަނީ، ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި އޭނާ ގައުމީ ޓީމާއިއު މެޗުތަކެއް ކުޅުމަށް ގައުމީ ޓީމާއި ގުޅޭނެ ކަމަށާއި، އެއަށްފަހު ޗުއްޓީ ހޭދަކޮށްލައި އާއިލާއަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވާ ކަމަށެވެ.

 

އެހެންކަމުން އެންބުރި އައިސް އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، ޓީމަށް އަލަށް ގުޅޭ ކުޅުންތެރިންނާއި އެކު އިތުރަށް ވަރުގަދަކޮށް ޕްރީ ސީޒަންގެ މަސައްކަތް ކުރާނެ ކަމަށްވެސް ގްރީޒްމަން ވަނީ ބުނެފައެވެ.

 

އަންނަ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑުން ގްރީޒްމަން ހޯސުމަށް 100 މިލިއަން ޕައުންޑްގެ އަގެއް ހުޝައަޅަން ތައްޔާރަށް އޮތްއިރު، ގްރީޒްމަން އާއި އެކު އެޓީމަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓްތަށް ވަނީ ބުނެފައެވެ. އަދި ގިނަ ފަރާތްތަކަކުން އަންނަނީ ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް ދެކެމުންނެވެ.

- ކޮމެންޓް