ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 22:24
މާލޭގެ ރަސްފަންނު ސަރަހައްދު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
މާލޭގެ ރަސްފަންނު ސަރަހައްދު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތަކުން 115 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 25 މީހުން
ރިސޯޓުތަކުން 20 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 160 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރެއިން 115 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 6:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 4،483 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، އޭގެތެރެއިން 160 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 115 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހުންނެވެ.

އިތުރު 160 މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 89،126ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދު 2،080ށް އަރާފައިވާއިރު، އޭގެ ތެރެއިން 12 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލީގައި 246 މީހުން ނިޔާވެފައެވެ.

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެެއްޓިފައެވެ.


Advertisement
- ކޮމެންޓް