ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 01:09
ބާސާގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް ޒަވީ ދައްކާލަނީ
ބާސާގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް ޒަވީ ދައްކާލަނީ
ގެޓީ އިމޭޖަސް
ޒަވީ ބާސާއާ ހަވާލުވުން
ޒަވީ ބާސާއާ ހަވާލުވީ ބްރެޒިލުގެ ގައުމީ ޓީމަށް ނޫނެކޭ ބުނުމަށްފަހު
 
ޒަވީ ބާސާއާއެކު އެއްބަސްވުން ހެދީ 2024 ގެ ނިޔަލަށް
 
އަލް ސާދާއެކު ޒަވީ ވަނީ ކޯޗިންގައި ހަތް ޓްރޮފީ އުފުލާލަފައި

ބާސެލޯނާގެ ކޯޗުގެ މަގާމާ ހަވާލުވާން ނިންމީ ބްރެޒިލުގެ ގައުމީ ޓީމުގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހު ކަމަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ދާދި ފަހުން ބާސާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފައެވެ. އުމުރުން 52 އަހަރުގެ ކޫމަން ވަކިކުރުމާއެކު މިދިޔަ ދުވަސްތަކުގައި ބާސާއަށް އިރުޝާދުދީފައިވަނީ ވަގުތީ ކޯޗު ސާޖީ ބާހުއަންއެވެ.

މީގެ ކުރިން ބާސާއަށް ކުޅުމަށްފަހު ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޒަވީ ގަތަރުގެ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު މިހާރު އުމުރުން 41 އަހަރުގެ ޒަވީ ކޯޗެއްގެ ރޯލުގައި އަލް ސާދާ ހަވާލުވީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ޒަވީ ވަނީ ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް އަލް ސާދުގައި މަޑުކުރަން އެއްބަސްވެފައެވެ.

އެހެންކަމުން ބާސާގެ ކޯޗުގެ މަގާމަށް ޒަވީ ހަމަޖެއްސުމަށް ހުރަސްތަކެއް ކުރިމަތިވިއިރު، އަލް ސާދުން ޒަވީގެ އެއްބަސްވުން އުވާލަން ނިންމީ ރިލީޒް ފީއެއްގެ ގޮތުގައި ފަސް މިލިޔަން ޔޫރޯ ދެއްކުމަށް ބާސާއިން އެއްބަސްވުމުންނެވެ. އެއާއެކު ހޯމަ ދުވަހުގެ ވަގުތެއްގައި ޒަވީ ވަނީ ރަސްމީކޮށް ބާސާގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ބާސާއިން ހާމަކޮށްފައިވާ ގޮތުން ޒަވީ ވަނީ އެ ޓީމާއެކު 2024 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ބާސާއަށް ސޮއިކުރުމަށްފަހު ޒަވީ ބުނީ ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ކަމަށާއި އެ ޓީމާ ހަވާލުވާން ނިންމީ ބްރެޒިލުގެ ހުށަހެޅުމަށް ފުރަގަސް ދިނުމަށްފަހުއެވެ. އެގޮތުން ބްރެޒިލުގެ ފެޑެރޭޝަނުން ހުށަހެޅީ މި ވަގުތު އެ ގައުމުގެ ކޯޗު ޓީޓޭގެ އެސިސްޓަންޓް ކޯޗަކަށް ދިއުމަށްފަހު، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރަސްމީކޮށް ބްރެޒިލުގެ ހެޑް ކޯޗުކަމާ ހަވާލުވާން ކަމަށްވެސް ވަނީ ބުނެފައެވެ.

އަލް ސާދު ދޫކޮށް ޒަވީ ބާސާއާ ގުޅުނުއިރު، ކޯޗިންގައި އަލް ސާދާ އެކު އޭނާ ވަނީ ހަތް ޓްރޮފީ އުފުލާލައި، ގިނަ ރިކޯޑުތަކެއް ގާއިމުކޮށްފައެވެ. އަދި ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އަލް ސާދާއެކު ހަތަރު ޓްރޮފީ ކާމިޔާބުކޮށްފައެވެ.

ބާސާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ތަމްރީންވި ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބާސާއާއެކު 25 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ސުޕަ ކަޕާއި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އަދި ޒަވީ ވަނީ ބާސާއަށް ކުޅެދިން 767 މެޗުގައި 85 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް