ކ. މާލެ
|
26 މެއި 2017 | ހުކުރު 17:18
ދުނިޔޭގެ ގައުމުތަކުގެ ރޯދައަށް ތިބެންޖެހޭ ވަގުތު އަންގައިދޭ ޗާޓް
ދުނިޔޭގެ ގައުމުތަކުގެ ރޯދައަށް ތިބެންޖެހޭ ވަގުތު އަންގައިދޭ ޗާޓް
ރާއްޖެއެމްވީ
ރޯދަ
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
ރާއްޖޭގައި ރޯދަ އަށް ތިބެންޖެހޭނީ ގާތްގަނޑަށް 14 ގަޑިއިރު
ޗިލީގައި ރޯދައަށް ތިބެންޖެހޭނީ 10 ގަޑިއިރު
މި ފަހަރު ގްރީންލޭންޑްގައި 21 ގަޑިއިރު ރޯދަ އަށް ލިބެންޖެހޭ

މި އަހަރުގެ ރަމަޟާން މަސް، ހޮނިހިރު ދުވަހުގެ ފެށޭއިރު މިއަހަރު ވެސް ދުނިޔޭގެ އުތުރު ބިތުގެ ގައުމުތައް ތަޖުރިބާކުރަން ޖެހިފައިވަނީ ހޫނު މޫސުމާއެވެ. ދެކުނު ބިތުގެ ގައުމުތަކަށް އޮންނާނީ ފިނި މޫސުމެވެ. ހޫނު މޫސުމް ތަޖުރިބާކުރަންޖެހޭ ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު ދިގުވެގެންދާއިރު، ފިނި މޫސުމް ތަޖުރިބާކުރާ ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު ކުރުވެގެންދެ އެވެ.

ވޭތުވެދިޔަ އަހަރު ރޯދައަށް ތިބެންޖެހުނު ވަގުތު އުޅެނީ 11 ގަޑިއިރާއި 22 ގަޑިއިރާ ދެމެދު އެވެ. މި އަހަރު ރޯދައަށް ތިބެންޖެހޭނެ ވަގުތު އުޅެނީ 10 ގަޑިއިރާއި 21 ގަޑިއިރާދެމެދު އެވެ. މި ފަހަރު އެންމެ މަދު ވަގުތުގައި ރޯދައަށް ހުންނަން ޖެހޭނީ ޗިލީގަ އެވެ. އެއީ އެންމެ  10 ގަޑިއިރު އެވެ. އެންމެ ދިގު ވަގުތެއްގެ ގޮތުގައި 21 ގަޑިއިރު، ރޯދައަށް ހުންނަން ޖެހެނީ ގްރީންލޭންޑްގަ އެވެ.

ރޯދައަށް ތިބެން ޖެހޭ ވަގުތަކީ، ފަތިސް ނަމާދުގެ ވަގުތުން ފެށިގެން މަޣްރިބް ނަމާދު ވަގުތާ ހަމައަށެވެ. މި ރިޕޯޓްގައި ބަލައި މިލަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭނެ ކަމަށް ލަފާ ވަގުތަށެވެ.

 1. ނޫކް، ގްރީންލޭންޑް: 21 ގަޑިއިރު، އިރު އޮއްސޭނީ 11:14 ގައި
 2. ސްޓޮކޮމް، ސްވިޑެން: 19.5 ގަޑިއިރު، އިރު އޮއްސޭނީ 9:39 ގައި
 3. މޮސްކޯ، ރަޝިއާ: 19 ގަޑިއިރު، އިރު އޮއްސޭނީ 8:56 ގައި
 4. ލަންޑަން، ޔޫކޭ: 18.5 ގަޑިއިރު، އިރު އޮއްސޭނީ 9:03 ގައި
 5. އަސްތާނާ، ކަޒަކްސްތާން: 18.5 ގަޑިއިރު، އިރު އޮއްސޭނީ 9:15 ގައި
 6. ބްރަސަލްސް، ބެލްޖިއަމް: 18.5 ގަޑިއިރު، އިރު އޮއްސޭނީ 9:41 ގައި
 7. ބެއިޖިން، ޗައިނާ: 16.5 ގަޑިއިރު، އިރު އޮއްސޭނީ 7:33 ގައި
 8. ނިއު ޔޯކް، އެމެރިކާ: 16.5 ގަޑިއިރު، އިރު އޮއްސޭނީ 8:17 ގައި
 9. ޓޯކިޔޯ، ޖަޕާން: 16 ގަޑިއިރު، އިރު އޮއްސޭނީ 6:49 ގައި
 10. ކާބުލް، އަފްޣާނިސްތާން: އިރު އޮއްސޭނީ 6:58 ގައި
 11. ރަބާތު، މޮރޮކޯ: 16 ގަޑިއިރު، އިރު އޮއްސޭނީ 7:31 ގައި
 12. އިސްލާމް އާބާދު، ޕާކިސްތާން: 16 ގަޑިއިރު: އިރު އޮއްސޭނީ 7:11
 13. ގާހިރާ، މިސްރު: 15.5 ގަޑިއިރު، އިރު އޮއްސޭނީ 6:49 ގައި
 14. ނިއު ދިއްލީ، އިންޑިއާ: 15 ގަޑިއިރު، އިރު އޮއްސޭނީ 7:12 ގައި
 15. ކައުލޫން، ހޮންގކޮންގ: 15 ގަޑިއިރު، އިރު އޮއްސޭނީ 7:01 ގައި
 16. ޑާކާ، ބަންގްލަދޭޝް: 15 ގަޑިއިރު، އިރު އޮއްސޭނީ 6:40 ގައި
 17. މަސްކަޓް، އޮމަނާ: 15 ގަޑިއިރު، އިރު އޮއްސޭނީ 6:47 ގައި
 18. ރިޔާޒު، ސައުދީ އަރަބިއްޔާ15 ގަޑިއިރު، އިރު އޮއްސޭނީ 6:36 ގައި
 19. ދޯހާ، ގަތަރު: 15 ގަޑިއިރު، އިރު އޮއްސޭނީ 6:18 ގައި
 20. ކާޓޫމް، ސޫދާން: 14.5 ގަޑިއިރު، އިރު އޮއްސޭނީ 7:16 ގައި
 21. އަދަން، ޔަމަން: 14 ގަޑިއިރު، އިރު އޮއްސޭނީ 6:22 ގައި
 22. އިތެއޮޕިޔާ: 14 ގަޑިއިރު، އިރު އޮއްސޭނީ 6:28 ގައި
 23. ކުއާލަންޕޫރު، މެލޭޝިއާ: 13.5 ގަޑިއިރު، އިރު އޮއްސޭނީ 7:19 ގައި
 24. ދިވެހިރާއްޖެ: 13.5 ގަޑިއިރު، އިރު އޮއްސޭނީ 6:13 ގައި
 25. ލުއާންޑާ، އެންގޯލާ: 13 ގަޑިއިރު، އިރު އޮއްސޭނީ 5:54 ގައި
 26. ސައޮ ޕާލޯ، ބްރެޒިލް: 13 ގަޑިއިރު، އިރު އޮއްސޭނީ 5:11 ގައި
 27. ޖަކާޓާ، އިންޑޮނީޝިއާ: 13 ގަޑިއިރު، އިރު އޮއްސޭނީ 5:44 ގައި
 28. ހަރާރޭ، ޒިންބާބުވޭ: 12.5 ގަޑިއިރު، އިރު އޮއްސޭނީ 5:28 ގައި
 29. ޕްރިޓޯރިއާ، ސައުތު އެފްރިކާ: 12 ގަޑިއިރު، އިރު އޮއްސޭނީ 5:26 ގައި
 30. ކޭޕް ޓައުން، ސައުތު އެފްރިކާ: 11.5 ގަޑިއިރު، އިރު އޮއްސޭނީ 5:47 ގައި
 31. ކެންބީރާ، އޮސްޓްރޭލިއާ: 11.5 ގަޑިއިރު، އިރު އޮއްސޭނީ 5:02 ގައި
 32. ޕުންޓާ އެރިނަސް، ޗިލީ: 10 ގަޑިއިރު، އިރު އޮއްސޭނީ 4:41 ގައި
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް