ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 22:42
މާލޭގެ މަގުމަތި، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދުވެފައި
މާލޭގެ މަގުމަތި، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދުވެފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ޕޮޒިޓިވްވީ 149 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުން
އަތޮޅުތެރެއިން 89 މީހަކު ވަނީ ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 149 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 3،117 މީހުން ބައްޔަށް ވަނީ ޓެސްޓުކޮށްފައެވެ. އަދި އޭގެ ތެރެއިން 149 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 89 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 40 މީހުންނެވެ.

އިތުރު 149 މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 88،966ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،026 އެވެ. އޭގެ ތެރެއިން 13 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލީގައި 245 މީހުން ނިޔާވެފައިވާއިރު، 86،682 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ ކޭސްތަކުގެ އަދަދު މާލެ ސަރަހައްދުން ދަށްވެފައި ވީނަމަވެސް އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މަޑު މަޑުން މަތިވަމުންނެވެ.


Advertisement
- ކޮމެންޓް