ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 10:14
ބޯޑޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ބޯޑޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރެންޗް ލީގު
ބޯޑޯ އަތުން ޕީއެސްޖީއަށް ހަނި މޮޅެއް
 
ބޯޑޯ އަތުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 34 ޕޮއިންޓާއެކު

ޕްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޯޑޯ އަތުން ހަނިގޮތަކަށް މޮޅުވެ ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައިވެސް އަނިޔާގެ ސަބަބުން އާޖެންޓީނަގެ ތަރި ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކީލިއަން އެމްބަޕޭ ތަނަަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްބާޕޭގެ އެހީއާއެކު ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައި، ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖިއޮޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭއެވެ.

އޭގެ ފަހުން ބޯޑޯއިން މި މެޗުގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްބާޓް އެލިސްއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެމްބާއޭ ނިޔާންގް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 10 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 13 މެޗުން ޕީއެސްޖީއަށް 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލެންސްއަށް 13 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ބޯޑޯ އޮތީ ތާވަލުގެ 16 ވަނައިގައި 13 މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް