އައްޑޫ ސިޓީ
|
7 ނޮވެންބަރ 2021 | އާދީއްތަ 08:20
ރޯވިން އެސޯސިއޭޝަނުން ހިންގި ހަރަކާތެއްގެ ތެރެއިން
ރޯވިން އެސޯސިއޭޝަނުން ހިންގި ހަރަކާތެއްގެ ތެރެއިން
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021
ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ
 
ރާއްޖެ އާއި ޗައިނާ، ތައިލޭންޑް އަދި ޕާކިސްތާނުގެ އެތުލީޓުން ވާދަކުރޭ
 
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 11-14 ވަނަ ދުވަހުގެ ނިޔަލަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލް އަޤްވާމީ ރޯވިން މުބާރާތުގެ އޮފިޝަލުން އާދިއްތަ ދުވަހު އައްޑޫއަށް އަންނާނެ ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެފިއެވެ.

މި މަހުގެ 11 ގައި ފަށާ މި މުބާރާތަށް އައްޑޫއަށް އަންނަ އޮފިޝަލުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޖަޖުންނާއި ވޯލްޑް އެސޯސިއޭޝަންގެ 2 އޮފިޝަލަކު ހިމެނެއެވެ. މިމުބާރާތުގައި ބައިވެރިވާ ބޭރުގައުމުތަކުގެ އެތްލީޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. "އެމްޑަބްލިއުއެސްސީ ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ބޭރުގެ 27 އެތްލީޓުން ބައިވެރިވާއިރު، އޭގެތެރޭގައި ހިމެނެނީ ޕާކިސްތާން، ޗައިނާ އަދި ތައިލޭންޑްގެ އެތްލީޓުންނެވެ. ރާއްޖޭން މި މުބާރާތުގައި ބައިވެރިވެފައިވަނީ 5 ސްކޫލަކުން ޖުމްލަ 130 ދަރިވަރުންނެވެ.

މިއީ ރާއްޖޭގެ މާޙައުލާގުޅޭ ބައިނަލްއަޤްވާމީ ކުޅިވަރެއް ރާއްޖެއަށް ތަޢާރަފްކުރުމާއެކު ފަލިޖެހުމުގެ ހުނަރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދީ، އެރޮނގުން ކުޅަދާނަ ފަލިޖެހުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ރޯވިން އެސޯސިއޭޝަނުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ. ޑެސްޓިނޭޝަން ޕާޓްނަރ އަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑްރިންކް ޕާޓްނަރއަކީ މޮގުމޮގުއެވެ. ކޯޕަރޭޓް ސްޕޮންސަރުންގެތެރޭގައި އައްޑޫސިޓީ ކައުންސިލް، އެސްޓީއޯ، ސިގްނޭޗަރ، ސޮނޭވާ، އަދި  ވެންޒަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި މުބާރާތުގެ އޮފިޝަލް ޖާޒީ ސްޕޮންސަރ ކޮށްފައިވަނީ ސަނީ އެންޓަރޕްރައިސަސްއިންނެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ ރާއްޖެ ޓީވީއެވެ.

ރޯވިން އެސޯސިއޭޝަނުން ހިންގި ހަރަކާތެއްގެ ތެރެއިން - ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

 ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހިންގާ ހަމައެކަނި ކުޅިވަރު އެސޯސިއޭޝަނެވެ. 2009 ވަނަ އަހަރުން ފެށިގެން މި އެސޯސިއޭޝަނުން މިހާތަނަށް ފަލިޖެހުމުގެ ރޭސްތަކާއި ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލުކޮށް މެޑެލް ހޯދާފައިވެއެވެ.

ރޯވިން އެސޯސިއޭޝަނުންވަނީ އޭޝިއާގެ 3 ޤައުމަކާ ވާދަކޮށް މި އަހަރު ބާއްވަން ނިންމި ކޯސްޓަލް ރޯވިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހުށަހެޅި ބިޑް ކާމިޔާބު ކޮށްފައެވެ. މި މުބާރާތް މިހާރުވަނީ 2023 އަށް ފަސްކުރެވިފައެވެ.

ރޯވިން އެސޯސިއޭޝަނުން ހިންގި ހަރަކާތެއްގެ ތެރެއިން - ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ އެމުބާރާތަށް ވަރަށް ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށާއި "އެމްޑަބްލިއުއެސްސީ ކޯސްޓަލް ރޯވިން" މުބާރާތަކީ ވެސް އެކަމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށެވެ.

އަޅުގަނޑުމެންގެ މަޤްޞަދުގެ ތެރޭގައި އެބަހިމެނޭ 2023ގައި ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ރޯވިން މުބާރާތަށް މީހުން ބިނާކުރުން. އޭގެ އިތުރުން އޭޝިއާގައި ކޯސްޓަލް ރޯވިން އެއް ބާއްވާނަމަ ރާއްޖެ "ބްރޭންޑް" ކުރުން އެއީ އެންމެ ބޮޑު އެއް މަޤްޞަދު
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ހަބީބު

ހަބީބު ވިދާޅުވީ މިފަދަ އިންޓަނޭޝަނަލް މުބާރާތެއްގެ ތެރެއިން ބޭރުގެ ޤައުމުތަކަށް ރާއްޖެ ހުޅުވިގެންދާނެ ކަމަށާއި، އެގޮތުން މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

ރޯވިން އެސޯސިއޭޝަނުން ހިންގި ހަރަކާތެއްގެ ތެރެއިން - ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް