ކ. މާލެ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 22:32
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 109 މީހުން ޕޮޒިޓިވްވެ، 128 މީހުން ބަލިން ރަނގަޅުވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 17 މީހުން
1961 އެކްޓިވް ކޭސް ހިމެނޭ
27 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން

ކޮވިޑް-19ށް އިތުރު 109 މީހުން ޕޮޒިޓިވްވެ، 128 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ, ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 3518 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 109 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 17 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން 84 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 8 މީހުންނެވެ.

1961 އެކްޓިވް ކޭސް ހިމެނޭއިރު، 27 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 88386 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 86168 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 244 މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ށް ޕޮޒިޓިވްވާ ރޭޓް ވަކި މިންވަރެއްގައި ހިފެހެއްޓިފައިވީނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ވެސް ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން 25 ރަށެއް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ކޮވިޑް-19 ކުއްލިއަކަށް ފެތުރިގެންދާތީ, ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

- ކޮމެންޓް