ކ. މާލެ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 13:10
އިމްތިހާނުގައި ހިރިޔާ ސްކޫލް ކުދިން ބައިވެރިވަނީ
އިމްތިހާނުގައި ހިރިޔާ ސްކޫލް ކުދިން ބައިވެރިވަނީ
މިހާރު
އޯލެވެލް އިމްތިހާން
އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށައިފި
ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނުވާ ދުވަސް ތަކުގެ ހެނދުނު 08:30 ން މެންދުރު 01:30 އަށެ

އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ 2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފައިވަނީ، އެޕްލިކޭޝަން ފޯމް އަދި ފީޝީޓް އެ ޑިފާޓްމަންޓްގެ ކައުންޓަރުން (ހ.އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ / މަޖީދީމަގު) އަދިވެބްސައިޓުންލިބެން ހުންނާނެ ކަމަށެވެ. އޮންލައިންކޮށް އެފްލިކޭޝަން ހުޝަހަޅާނަމަ، [email protected]އަށް މެއިލް ކުރުމަށް އެ ޑިޕާޓްމަންޓުން އިރުށާދު ދީފައިވެއެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނުވާ ދުވަސް ތަކުގެ ހެނދުނު 08:30 ން މެންދުރު 01:30 އަށެވެ. މީގެ އިތުރުން ފޯމު ހުޝަހަޅާއިރު، ދިވެލި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނަން ޖެހެއެވެ.

- ކޮމެންޓް