Advertisement
ކ. ހުރާ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 12:04
ކ. ހުރާ
ކ. ހުރާ
ބުކިންގ.ކޮމް
ކޮވިޑް-19
ހުރާއިން 41 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ
މިވަގުތު ހުރާ އޮތީ މޮނިޓަރިންގެ ހާލަތުގައި
އެކްޓިވް ކޭސްގެ ގޮތުގައި 39 ކޭސް

ކ. ހުރާއިން 41 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކ. ހުރާ ހެލްތު ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކ. ހުރާއިން ބުދަ ދުވަހުގެ ނިޔަލަށް 41 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މީގެ ތެރެއިން 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ 39 ކޭހެވެ.

Advertisement

މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ހުރާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރުވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގިނަ މީހުން އެކުގައި ދަތުރުދިއުމާއި، މަގުމަތީގައާއި ކެފޭ ފަދަ ތަންތަނުގައި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

ހުރާގެ އިތުރުން ކ. އަތޮޅު ގުރައިދޫ ވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް