ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 22:25
އެހީ ވުމުގެ ހަރަކާތުގައި ސިޓީއާއި ޔުނައިޓެޑުގެ ސަޕޯޓަރުން ބައިވެރިވަނީ
އެހީ ވުމުގެ ހަރަކާތުގައި ސިޓީއާއި ޔުނައިޓެޑުގެ ސަޕޯޓަރުން ބައިވެރިވަނީ
ގޯލް.ކޮމް
މެންޗެސްޓާ ހަމަލާ
ގެއްލުންވި އާއިލާތަކަށް އެހީވުމުގައި ސިޓީ އާއި ޔުނައިޓެޑުން ވެސް ބައިވެރިވެއްޖެ
މި ދެ ކްލަބުން ވަނީ އާއިލާތަކަށް އެހީ ވުމަށް 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައި
މި ދެ ކުލަބުން އެހީ ވުމުގެ ހަރަކާތުގައި ބައިވެރި ވުމަށްފަހު އެކި ފަރާތްތަކުން ވަނީ 3 މިލިއަނަށްވުރެ ގިނަ ޔޫރޯ ހަދިޔާ ކޮށްފައި

މެންޗެސްޓާ އެރީނާގައި ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުންވި ފަރާތްތަކަށާއި، އާއިލާތަކަށް އެހީވުމުގައި މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ އިން ބައިވެރިވެއްޖެއެވެ.

މި ހަމާލަގައި ގެއްލުންވި ފަރާތްތަކަށް އެހީ ވުމަށްޓަކައި، ލަންޑަންގައި "ވީ ލަވް މެންޗެސްޓާ އެމްޖެންސީ ފަންޑް" ގެ ނަމުގައި ފަންޑެއް ހުޅުވާފައި ވާއިރު، ސިޓީ އާއި ޔުނައިޓެޑުން ވަނީ އެ ފަންޑަށް 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. ރިޕޯޓްތަށް ބުނާގޮތުން މި ދެ ކުލަބުން އެހީ ވުމުގެ ހަރަކާތުގައި ބައިވެރި ވުމަށްފަހު މިހާތަނަށް ފަނޑު ފޮއްޓަށް އެކި ފަރާތްތަކުން ވަނީ 3 މިލިއަނަށްވުރެ ގިނަ ޔޫރޯ ހަދިޔާ ކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރި ވުމަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ސިޓީގެ ޗެއާމަން ޙަލްދޫން އަކް މުބާރާކް ވިދާޅުވީ، މި ހަމަލާއަށްފަހު ގެއްލުންވި ފަރާތްތަކަށް އެހީވުމުގައި ހުރިހާ އެންމެން އެކަތި ގަނޑަކަށް ވެއްޖެ ކަމަށާއި، މިކަމުގެ ސަބަބުން މެންޗެސްޓާގެ ރައްޔިތުންގެ އެއްބައިވަންތަކަން ފާހަގަ ވެގެން ހިނގައްޖެ ކަމަށެވެ.

އަދި ސިޓީ އާއި ޔުނައިޓެޑް އެކުގައި މި ހަރަކާތުގައި ބައިވެރި ވުމުން، އެކަމުގެ ސަބަބުން މި ހަރަކާތް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ދެޓީމު އެކުގައި ބައިވެރި ވުމުން އޭގެން ދައްކުވައިދޭ އެއްޗަކީ މެންޗެސްޓާގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށްވެސް ޙަލްދޫން އަލް މުބާރާކް ވިޑާލުވިއެވެ.

މި ހަރަކާތުގައި ބައިވެރި ވުމަށް ފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ އެގްސެކެޓިވް  ޗެއާރމަން އެޑް ވޫޑްވާޑް ވިދާޅުވީ، ހޯމަ ދުވަހުގެ ހަމަލާ އާއި ގުޅިގެން ހުރިހާ އެންމެންވެސް ތިބީ ވަރަށްބޮޑު ސިހުމެއްގެ ތެރޭގައި ކަމަށާއި، އަދި ޔުނައިޓޭޑާއި ސިޓީ މިއޮތީ ގެއްލުންވި އާއިލާތަކަށް އެހީވުމަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ދެ ކްލަބު ގުޅިގެން މި ހަރަކާތުގައި ބައިވެރި ވުމުން، އެކަމުގެ ސަބަބުން މި ހަރަކާތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހޯމަ ދުވަހު މެންޗެސްޓާ އެރީނާގައި އޮތް ކޮންސެޓަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި 22 މީހަކު މަރުވެފައި ވާއިރު 64 މީހުން ވަނީ ޒަހަމް ވެފައެވެ. މި ކަމުގެ ހިތާމާގައި ބައިވެރި ވުމުގެ ގޮތުން އިނގިރޭސި ކްލަބް ޗެލްސީއިންވެސް ވަނީ އެ ކްލަބު އިނގިރޭސި ލީގުގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރާވާފައިވާ ހިންގާލުންވެސް ކެންސަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް