ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 23:41
މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން
މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކޮޕް26- ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުން
ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި
1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
'ކްލައިމެޓް ފައިނޭންސިންގ' އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށް އަލިއަޅުއްވާލެއްވި
ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ބެލެވޭ ކަންކަމާމެދު ވެސް މަޝްވަރާކުރެއްވި

ކޮޕް26ގެ ހަވާސާގައި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެންފިއެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ 'ކްލައިމެޓް ފައިނޭންސިންގ'އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އަދި އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ, ކުދި ޖަޒީރާ ރަށްތަކުން އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއް ގޮތަށް ފާހަގަކުރައްވައި, އެކަން ހައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަންކަމާމެދުވެސް މަޝްވަރާކުރައްވާފައެވެ.

ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

- ކޮމެންޓް