ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 20:01
ހަމަލާގައި ގެއްލުންވެ ބުރައިގެން ދިޔަ ތަކެތީގެ ފޮޓޯ ނިއުޔޯކް ޓައިމްސްގައި ޖަހާފައިވަނިކޮށް ފެނުމުން އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ ނުރުހުންވެފަ
ހަމަލާގައި ގެއްލުންވެ ބުރައިގެން ދިޔަ ތަކެތީގެ ފޮޓޯ ނިއުޔޯކް ޓައިމްސްގައި ޖަހާފައިވަނިކޮށް ފެނުމުން އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ ނުރުހުންވެފަ
ގޫގުލް
މެންޗެސްޓަރގެ ހަމަލާ
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
މެންޗެސްޓަރ އެރީނާގައި ދިން ބޮމުގެ ހަމަލާގައި 22 މީހުން މަރުވެ 64 މީހުން ޒަޚަމްވި
ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު އަށަކަށް އަރާ

މެންޗެސްޓަރ އެރީނާގެ ބޮމުގެ ހަމަލާ ތަހުގީގުކުރަމުންދާ ފުލުހުން ތަހުގީގާ ބެހޭ މައުލޫމާތު އެމެރިކާއާ ހިއްސާ ކުރުން ހުއްޓާލައިފިކަމަށް މައުލޫމާތު ލިބިއްޖެ ކަމަށް ބީބީސީން ބުނެފިއެވެ.

ހަމަލާގައި ގެއްލުންވެ ބުރައިގެން ދިޔަ ތަކެތީގެ ފޮޓޯ ނިއުޔޯކް ޓައިމްސްގައި ޖަހާފައިވަނިކޮށް ފެނުމުން އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ ނުރުހުންވެފައެވެ.

ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ބާއްވާ ނޭޓޯގެ ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވެސް މި ކަމުގެ ކަންބޮޑުވުން އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްއަށް ހުށަހަޅުއްވާނެއެވެ.

ގްރޭޓަރ މެންޗެސްޓަރގެ ފުލުހުން އުއްމީދު ކުރަނީ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގައި އޮތްގުޅުން ދާދި އަވަހަށް އިއާދަ ކުރެވޭނެ ކަމަށެވެ.

ހޯމަ ދުވަހު މެންޗެސްޓަރ އެރީނާގައި ދިން ބޮމުގެ ހަމަލާގައި 22 މީހުން މަރުވެ 64 މީހުން ޒަޚަމްވިއިރު މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު އަށަކަށް އަރާއިރު ހަމަލާ ދިން މީހާއަކީ މެންޗެސްޓަރ އަށް އުފަން އުމުރުން 22 އަހަރުގެ އަބީދީ ނަމަކަށް ކިޔާ މީހެއް ކަމަށްވަނީ ހާމަކޮށްފައެވެ. އޭނާއަކީ ލީބިޔާގެ އާއިލާއެއްގެ ކުއްޖެކެވެ.

ނިއުޔޯކް ޓައިމްސްއިންވަނީ އަބީދީ އުޅުނު ކޮލެލްގެ ދެ މީހަކު ވަކިވަކިން ދެ ފަހަރަކު ޕޮލިސް ހޮޓްލައިނަށްގުޅައި އޭނާގެ ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ބެހޭ ގޮތުން ސަމާލުކަމަށް ގެނެސްފައިވާކަމަށް ބުނާ ވާހަކަވެސް ރިޕޯޓްކޮށްފައެވެ.

ހޯމް ސެކްރެޓަރީ އެމްބަރ ރަދް ވިދާޅުވީ އިނގިރޭސިވިލާތުގެ އެއްވެސް ބަހެއްނެތި އަބީދީގެ މައުލޫތު ހާމަކުރީތީ"ރުޅި"އަތުވެއްޖެ ކަމަށާއި އެ ކަން އިތުރަށް ހިނގައިގެން ނުވާނެކަމަށެވެ.

އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން ހިތްހަމަ ނުޖެހުނީ ބޮމުގެ ހަމަލާގައި ބުރައިގެން ދިޔަ އެތި ކޮޅުތަކުގެ ތެރެއިން ލޭ ހޭކިފައި ހުރި އެތިކޮޅުތަކާއި އެތަކެތި ލާފައިވާ ދަބަހުގެ ފޮޓޯ ނިއުޔޯކް ޓައިމްސްއަށް ލީކުކޮށްލުމުންނެވެ.

 

- ކޮމެންޓް