12 އަހަރަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮޕް ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަކީ ލިބޭ ފަޚުރެއްކަމަށާއި ރާއްޖޭގެ އަޑު އެންމެ ބޮޑު މިންވަރުގައި އިއްވުމަށްލިބޭ ފަހި ފުރުސަތެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ ކޮޕް26 ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވިފަހުން ރާއްޖޭގެ ރައީސަކު ކޮޕް ބައްދަލުވުމުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މިނިސްޓަރ ޝައުނާގެ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ކޮޕް26ށް ވަޑައިގަންނަވަނީ ރާއްޖޭގެ ރައްޔިތުންގެ ދިރިހުރުން ގުޅިފައިވަނީ ތިމާވެއްޓާކަމުގައި ވާތީ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ ދިރުން މަރުވެ، ރަށްތައް ފެނަށްޖެހޭކަމަށެވެ. އެންވެރިކަމާއި ދަނޑުވެރިކަން ނެތިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮޕް26 ކޮންފަރެންސްގައި ރާއްޖެއިން ވަކާލާތުކުރާނީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް ވީއެންމެ ބޮޑު މިންވަރަކަށް މަދުކޮށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ޕެރިސް އެގްރިމެންޓްގައި އެއްބަސްވިފަދައިން 100 ބިލިއަން ޑޮލަރު އަހަރަކު ރަށްގިރުމަށާއި ތިމާވެށި ހިމާޔަތްކުރުންފަދަ މަސައްކަތްތައް ކުރުމަށް ފައިސާ ދޫކުރުމަށް.އައިމިނަތު ޝައުނާ / އެންވަޔަރަންމަންޓް މިނިސްޓަރ
ކޮޕް26 ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12ށެވެ. މިކޮންފެރެންސްގައި 197 ގައުމަކުން ބައިވެރިވާއިރު 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.