ކ. މާލެ
|
29 އޮކްޓޯބަރ 2021 | ހުކުރު 08:41
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީ،
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީ،
އަލީ ޔޫސުފް
ޒެނީޝާއަށް ދައުވާ ކުރަން ފޮނުވުން
ޒެނީޝާއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި ދެކެން: ރައީސް ނަޝީދު
 
ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ޒެނީޝާ ވިދާޅުވެފައިވޭ
 
ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެނޭ
 
ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޒެނީޝާގެ ދިފާއުގައި ވާހަކަދައްކަވާފައިމިވަނީ މިދިޔަ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށާއި، ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް ކަމުގައި އެމަނިކުފާނު ދެކޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އަދި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި އިސްވެރިން މިމައްސަލާގައި ހިމެނެއެވެ. އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކުރުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެޗްއާރުސީއެމްއާއެކު މަޝަވްރާ ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޒެނީޝާ ވަނީ ބުރާސްފަތި ދުވަހު ރާއްޖޭގެ ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުގައި ހަގީގަތާ ޚިލާފު ބައެއް މައުލޫމާތު ހިމެނޭކަން ފާހަގަކުރައްވާފައެވެ. ޒެނީޝާ ވިދާޅުވީ ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ތުހުމަތުކުރެވޭކަމަށް ކަމަށް އެޗްއާރްސީއެމުން ބުނާ އެ މައްސަލައަކީ ޒާތީ ތަޢައްޞުބު އުފަންވެފައިވާ، ޞައްޙަނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ހަރަކާތެއް ކަމަށް ޒެނީޝާ ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ މި މައްސަލައިގައި އިތުރު މައުލޫމާތެއް ހިއްސާކުރާނީ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ޕްރިމިއަރ ޗެމްބަރޒް އެލް.އެލް.ޕީ މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި