ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 19:37
ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާއެޅުން
ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާއެޅުން
ފެނަކަ ކޯޕަރޭޝަން
ދާންދޫ ފެނަކަ އޮފީހުގެ ބިންގާއެޅުން
ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާއަޅައިފި
ދާންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީހުގެ ބިންގާ އެޅީ މިއަދު
ބިންގާ އެޅުއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުއާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

ގއ. ދާންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުއާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲއެވެ.

ދާންދޫގައި އިމާރާތްކުރާ މި އޮފީހަކީ 20 މުވައްޒަފުންގެ ޖާގައިގެ އޮފީހެކެވެ. މި އޮފީހުގައި މީޓިން ރޫމަކާއި ޓެރަސް އެއް އަދި ލޮބީ އޭރިއާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީހުގެ މުވައްޒަފުންގެ ގޮތުގައި އައްޔަން ކުރަން ހަމަޖެހިފައިވަނީ ރަށުގެ ރައްޔިތުންނެވެ. އެހެންކަމުން މި އޮފީސް އިމާރާތްކޮށް ނިމުމުން ދާންދޫގައި ޒުވާނުންނަށް ފަޒީފާގެ ފުރުސަތު ފަހިވެގެން ދާނޭކަމަށް ބެލެވެއެވެ.


Advertisement
- ކޮމެންޓް