ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 06:59
ވިކްޓޯއިރާއިން ޑެލްޓާ ކޮވިޑް 19 ކޭހެއް ފެނުން
ވިކްޓޯއިރާއިން ޑެލްޓާ ކޮވިޑް 19 ކޭހެއް ފެނުން
އަލްޖަޒީރާ
އޮސްޓްރޭލިއާ ދަތުރުފަތުރު
އޮސްޓްރޭލިއާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަނީ
 
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ޤައުމުން ބޭރަށް ދަތުރު ކުރެވޭނެ

ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެ ޤައުމުގެ ސަރުކާރުން ބުނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އޭގެ ފަހުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެ ޤައުމުން ބޭރަށް ދަތުރުކުރުމަށް އެއްވެސް ހުއްދައެއް ބޭނުންނުވާނެ ކަމަށެވެ. އެ ޤައުމުގެ ސަރުކާރުން ބުނީ މި ލުއި ފަސޭހަ ހަމައެކަނި ދޭން ނިންމާފައިވަނީ އެ ޤައުމުގެ ރައްޔިތުންނަށް އެކަނި ކަމަށާއި އެ ޤައުމުގައި އުޅޭ ބިދޭސީ މީހުންނަށް ވަރަށް އަވަހަށް ލުއިތައް ދެވިގެންދާނެ ކަމަށެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާއިން ސިންގަޕޫރާއެކު ޓްރެވަލް ބަބްލްއެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

އެ ޤައުމުގެ ސަރުކާރުން ދާދިފަހުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު، ބޯޑަރު ހުޅުވާލުމަށް ވެސް ނިންމާފައެވެ. އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލުމަށް ނިންމާފައިވަނީ 18 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން ނޮވެމްބަރު މަހުން ފެށިގެން އެ ޤައުމުގައި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދަތުރު ކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯޑަރު ހުޅުވާލަން ނިންމެވިކަން އިއުލާނު ކުރައްވައި އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން އަލުން ރުޖޫއަކުރަންވީ ވަގުތު ކަމަށެވެ. ނަމަވެސް ދަތުރު ކުރުމަށް ހުޅުވާލާ ޝަރުތުތަކުގެ ތެރޭގައި އެ ސްޓޭޓެއްގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައި އޮތުން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، އެ ޤައުމު، ފަތުރުވެރިންނަށް ހުޅުވާލުމުގައި އަދި ބަލަންޖެހޭ އިތުުރު ކަންކަން އެބަހުރި ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް